ފަލަސްތީނުގެ ދައުލަތެއް އުފައްދައިގެން ނުވާނެއޭ އިސްރާއީލަކަށް ނުބުނެވޭނެ

Loading

Facebook
Twitter
WhatsApp

މިފަހަކަށް އައިސް ދެފަހަރެއްގެ މަތިން ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާޢީލުގެ ބޮޑުވަޒީރު އިންކާރު ކުރުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ޔުންއިޓޭޑް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލް ބެންޖާމިން ނަތަންޔާހޫއަށް ރައްދު ދެއްވައިފިއެވެ. 

އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކަކުން މިހާރުވެސް ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާއިރު އިސްރާއީލުން އެކަމާއި ދެކޮޅުހެދުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ފަލސްތީނުގެ ދައުލަތް ހުރިހާ ގައުމަކުންވެސް ބަލާގަންނަން ޖެހޭނެއެވެ. ހަމަމިއާއި އެކު އިސްރާޢީލަށްވެސް އެގައުމު ދިފާއުކުރުމުގެ ޙައްގު ލިބިފައިވާ ކަމަށާއި އެފެންވަރަށް ފަލަސްތީނުގެ ދައުލަތަށް ސެކިއުޓީ ގަރަންޓީ ނުދެވިދާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ.

ރައީސް ބައިޑަންގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވެފައިވަނީ ޔުނައިޓެޑް ނޭޝަންސްގެ ބައެއް މެމްބަރު ގައުމުތަކުގައިވެސް އެބައިމީހުންގެ އަމިއްލަ މިލިޓްރީއެއް ނެތްކަމަށާއި ބައެއް ގައުމުތަކުގެ މިލިޓްރީ ޙަރަކާތްތެރިވެވެނީ ވަކި މިންވަރަކަށް ކަމަށާއި މިކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމާއިއެކު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމައިގެން ކުރިއަށް ދެވިދާނެކަމަށެވެ. ހީވަނީ އޭނާ ވިދާޅުވާން އުޅޭ އެއްޗެއް ލަގޮނޑިއާ ހަމައިގާ ތާށިވަނީ ހެންނެވެ.           

ފަލަސްތީނުގެ ޙަމާސްއިން ބުނެފައިވަނީ އޮކްޓޮބަރ 7 ގެ ޙަމަލާއަކީ އަލަށް ފެށުނު ޙަމަލާއެއް ނޫންކަމަށާއި އިސްރާއީލުން ފަލަސްތީނުގެ ބިމަށް ފުންމާލި ދުވަހުން ފެށިގެން ހަމަލާތަށް އޮތީ ފެށިފައެވެ.

އެހެންވުމާއި އެކު އިސްރާޢީލު އިންޓަރނޭޝަނަލް ހަމަތަކަށް ތަބާވަން އެމެރިކާއިން ގޮވާލައި ހަތިޔާރާއި ހަނގުރާމާގައި ބައިވެރިވުން ހުށްޓާލަންވީކަމަށެވެ.                       

Loading

One Response

  1. މި އާރޓިކަލްގެ ހަތަރުވަނަ ޕެރެްގްރާފު ނިންމާލަމުން ލިއުންތެރިޔާ ބުނެފައިވާ އެތި ނުބުންޏަސް އެނގެއެވެ. ރައީސް ބައިޑަން އަށް ނުބުނެވިގެން އުޅެނީ ފަލަސްތީނުގެ ދައުލަތުގައި މިލިޓްރީއެއް ނުބޭއްވޭނެ ވާހަކައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް