އައިން އަލްއަސަދް ބޭސްއަށް އިއްޔެ ދިން ބޮޑު މިސައިލް ހަމަލާއާއެކު، އިރާޤުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން ލަސްނުކޮށް އިރާޤުން ބޭލުމަށް އިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝީޢާ އަލްސޫދާނީ އަންގަވައިފިއެވެ. އަދި އެމެރިކާ ސިފައިން އެގައުމަށް އެތެރެވުންވެސް އިރާޤު ސަރުކާރުން މިހާރު އަންނަނީ މަނާކުރަމުންނެވެ.
”ސިފައިން ހުސްކުރެވޭނެ މުއްދަތެއް ދޭން އެބަޖެހޭ. މާދިގު މުއްދަތެއް ނޫން. ވީހާވެސް އަވަހަކަށް ހުސްކުރަންވީ. ސިފައިން ހުސްވުމުން ނޫނީ އިރާޤަށް އަމާޒުކުރާ ހަމަލާތައް ނުހުއްޓޭނެ.“ އަލް ސޫދާނީ ވިދާޅުވިއެވެ.

އެމެރިކާއިން ގަވާއިދާ ޚިލާފަށް އިރާޤުގައި ގިނަ އަދަދެއްގެ މިލިޓަރީ ބޭސްތަކެއް ހިންގާއިރު، އިރާޤުން މެދުކެނޑުމެއްނެތި އެގައުމު ދޫކޮށް ދިޔުމަށް އަންގަމުން ދިޔަނަމަވެސް އެމެރިކާއިން އެއެންގުންތަކަކަށް އިޖާބަދީފައެއް ނުވެއެވެ.
One Response
ފައިބަން ބުނެވިދާނެއެވެ. އެކަމަކު ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނުފައިބާނެއެވެ.