ހޮންކޮންގް އެއާލައިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފި

Loading

Facebook
Twitter
WhatsApp

ހޮންކޮންގް އެއާލައިންސްއިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ހޮންގްކޮންގް އެއާލައިނުގެ ފުރަތަމަ ފުލައިޓު ޖެއްސީ ރޭ 19:30 ގައެވެ.

މި ފުލައިޓުން 209 ޕަސެންޖަރުން ރާއްޖެ އައިސްފައިވާއިރު މަރުހަބާ ކިޔުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވައިފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި މި ހަފްލާގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅައިފައިވާ ސަފީރު ވާންގް ލީޝިންގެ އިތުރުން ސަރުކާރުގެ އިސް ވުޒާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ މުހިންމު އެއް މާކެޓެވެ. އެގޮތުން ކޮވިޑް-19 ގެ ކުރިން ޗައިނާ އަކީ ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމެވެ.

ޗައިނާގެ އެޑިމިނިސްޓްރޭޓިވް ރީޖަންއެއް ކަމަށްވާ، ހޮންކޮންގްއަކީ ރާއްޖެ އަށް މުހިންމު މާކެޓެކެވެ. ހޮންގްކޮންގެ އެއާލައިނުން ރާއްޖެއާ ދެމެދު އިއްޔެ ފެށި ސިދާ ދަތުރުތަކުގެ ސަބަބުން ޗައިނާ ރީޖަންއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިވާނެއެވެ.

މިދިޔަ އަހަރު ޗައިނާއިން 118,187 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް އެގައުމު ހިމެނިފައިވަނީ ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައެވެ.

ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ފުލައިޓު ބާއްވާނެއެވެ. އެއީ ހުކުރުދުވަހާއި އާދިއްތަ ދުވަހާއި ބުދަ ދުވަހުއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް