އިރާގުގެ އިރްބިލްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓު ކައިރީގައި ހުރި އިސްރާއީލުގެ ޖާސޫސީ ހެޑްކުއާރޓަރަށް މިސައިލުން ޙަމަލާދީ ހަލާކޮކޮށްލީ އީރަނުން ކަމަށް އެގައުމުން އެއްބަސް ވެއްޖެއެވެ. އެ ހާދިސާގައި އާންމުންގެ ފހަތަރުމީހަކު މަރުވެ އިތުރު ހައެއްކަމީހުންވަނީ ޒަޚަމް ވެފައެވެ.
އެ ޙަމަލާއަކީ ދެކޮޅުވެރި ޙަމަލާއެއް ކަމަށްބުނެ އިރާގުގެ ވެރިން ގެންދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އީރާނުން ބުނެފައިވަނީ އިސްރާއީލުގެ ޖާސޫސީ ހެޑްކުއާޓަރުގެ މައިގަނޑު މަސައްކަތަކީ ސަރަޙައްދުގެ ގައުމުތަކަށާއި އަދި ޚާއްސަކޮށް އީރާނަށް ޙަމަލާ ދެވޭނެ ގޮތްތަކަށް ފާރަލުން ކަމަށެވެ.
އީރާނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އީރާނުން މިސައިލް ޙަމަލާ ދީފައިވަނީ ދާދި މިދާކަށް ދުވަހު އީރާނާ ދެކޮޅަށް އީރާނުގެ ކޮމާންޑަރ ގާސިމް ސުލައިމާނީގެ މަގްބަރާ ކައރީގައި ދީފައިވާ ޖާނުންފިދާ ވުމުގެ ޙަމަލާ ރާވަމުން ގެންދިޔަ ތަނަށް ކަމަށާއި އެޙަމަލާގައި އީރާނުގެ 86 މީހުން މަރުވެފައިވާ ކަމަށެވެ.
އީރާނުން ޙަމަލާދިނީ އިސްރާއިލުން ރާވައިގެން ދީފައިވާ ޖާނުންފިދާ ވުމުގެ އެޙަމަލާގައި ޝަހީދު ކޮށްލާފައިވާ އީރާނުގެ އިސް ރައްޔިތުން މަރުގެ ބަދަލު ހިފުމަށްޓަކައި ކަމަށެވެ. 2020 ވަނަ އަހަރުގެ ތެރޭގައިއެމެރިކާއިން ޙަމަލާދީ ކޮމާންޑަރ ގާސިމް ސުލައިމާނީވެސް ވަނީ އަވަހާރަ ކޮށްލާފައެވެ.
އެހެންނަމަވެސް އިރާގުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ އީރާނުން ޙަމަލާ ދީފައިވަނީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދަކަށް ކަމަށާއިކުރުދީންގެ ވަރަށް މުއްސަނދި މީހަކުވެސް އެ ޙަމަލާގައި މަރުވެފައިވާ ކަމަށެވެ. އެ ޙަމަލާގައި މަރުވި މުއްސަންޖަކީ ޕެޝްރޯ ޑިޒާނީ ކަމަށާއި އޭނާއަކީ އުތުރު އިރާގުގެ ކުރުދިސްތާނުގެ ބޮޑުވަޒީރު މަންސޫރުބަރްޒާނީ ޢާއިލާގެ ވަރަށް ގާތް މީހެއް ކަމަށާއި އަދި ކުރުދިސްތާނުގެ އެތައް ކުންފުންޏެއްގެ ވެރި މަލްޓި މިލިއަނަރެއް ކަމަށެވެ.
ބަރްޒާނީ ވިދާޅުވެފައިވަނީ ކުރުދީންނަކީ މިހާރު ހިނގަމުން ދާ ހަނގުރާމައާއި އެއްވެސް ގުޅުމެއް ނެތް ބަޔަކަށްވެފައި އީރާނުން ކުރުދީންގެ އާންމުން ދިރިއުޅޭ ސަރަޙއްދަކަށް ޙަމަލާ ދިނުމުން ކުއްލި ޙައިރާން ކަމެއް ލިބުނު ކަމަށެވެ.
އެ ޙަމަލާގައި ކުރުދީންގެ އާންމުންގެ ހަތަރުމީހުން ވަނީ މަރުވެފައެވެ.އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ގާސިމް އަލް އަރާޖީ ވެސް ވަނީ އެ ޙަމަލާގެ މަޢުލޫމާތު އިރާގު ސަރުކާރަށް ކުރިން ޙިއްސާ ކޮށްފައި ނެތުމުން އެ ޙަމަލާ ކުށްވެރިކޮށްފައެވެ.
އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ހުސައިން ސީ. އެން. އެން. ގައި ވިދާޅުވެފައި ވަނީ އިރްބިލްގައި މޮސާދުގެ އެއްވެސް ޙަރަކާތެއް ނުހިނގާކަމަށާއި އީރާނުގެ ޙަމަލާއަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް ދީފައިވާ ޙަމަލާއެއް ކަމަށެވެ. އަދި އީރާނުން ސިދާ އިސްރާއީލަށް ޙަމަލާ ނުދެވޭތީ އިރާގަށް ރުޅިގަނޑު ބާލަނީ ކަމަށެވެ.
އިރްބީލަށް ދިން ޙަމަލާއާއި ގުޅިގެން މިހާތަނަށް އިސްރާއީލުން ވާހަކައެއް ނުދައްކައެވެ.
ވައިޓްހައުސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު އެޑްރިއާން ވަޓްސަން ބުނެފައިވަނީ އީރާނުގެ އަމާޒެއް ނެތް ޙަމަލާ ކުށްވެރިކުރާ ކަމަށެވެ. އަދި އެ ޙަމަލާގައި އެމެރިކާގެ އެއްވެސް ރައްޔިތަކަށް ނުވަތަ ވަސީލަތަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އީރާނުގެ ޙަމަލާއާއި ގުޅިގެން އީރާނުގައި ހުންނަވާ އިރާގުގެ ސަފީރު ވަނީ ގައުމަށް ގެނެސްފައެވެ. އެހެންކަމުން މިއީ އިރާގާއީ އީރާނުގެ ދެކޮޅުވެރިކަން ފެށުން ކަމުގައި ކޮންމެވެސް ބަޔަކު އުންމީދު ކުރެއެވެ.
އިރާގުން ބުނެފައިވަނީ އެ މައްސަލަ ޔުނައިޓެޑް ނޭޝަންސް އަށް ހުށައަޅާނެ ކަމަށެވެ.
އީރާނުގެ އެހެން ބަޔާނެއްގައި ބުނެފައިވަނީ އިސްލާމިކް ސްޓޭޓާ ދެކޮޅަށް އީރާނުން ބެލިސްޓިކް މިސައިލް ޙަމަލާތަކެއް ސީރިޔާގެ އުތުރުގެ ސަރަޙައްދު ތަކަށްވެސް ދީފައިވާނެ ކަމަށާއި އަހަރެމެންގެ ގައުމުން ޝަހީދުވެގެން ދިޔަ މީހުންގެ ލޭގެ ބަދަލު ނުހިފާ ދޫކޮށްލެވޭކަށް ނޯންނާނެ ކަމަށެވެ.
އިސްލާމިކް ސްޓޭޓުންވަނީ ކޮމާންޑާރ ގާސިމް ސުލައިމާނީގެ މަގްބަރާ ކައިރީގައި އެއްވެފައިވާ މީހުންނަށް ޖާނުން ފިދާވުމުގެ ޙަމަލާދިނީ އެމީހުން ކަމަށް އެއްބަސްވެފައެވެ. އެ ޙަމަލާ ބެލެވިފައިވަނީ 1979 ގެފަހުން އިސްލާމިކް ސްޓޭޓުން ދިން އެންމެ ނުރައްކާ ޙަމަލާ ކަމުގައެވެ.

އިސްލާމިކް ސްޓޭޓުން އެއްވެސް ފަރަންޖީއަކަށް ނުވަތަ ޒައިނިސްޓަކަށް ސީދާ ޙަމަލާއެއް މިހާތަނަށް ދީފައިނުވުމުން މިހާރު ގިނަބަޔަކަށް ގަބޫލުކުރެވޭ ގޮތުގައި އިސްލާމިކް ސްޓޭޓްގެ ނަމުގައި އިސްލާމީ ގައުމުތަކުގައި ޖަރީމާތަށް ހިންގަނީ އެމެރިކާއާއި ޒައަނިސްޓުން ގުޅިގެން އުފަށްދާފައިވާ އެގުރޫޕުން ކަމަށެވެ.
އަދި އެމީހުންގެ ތެރެއިން ޒަޚަމްވާ މީހުނަށް އިސްރާޢީލުގެ ހޮސްޕިޓަލުން ފަރުވޭދެމުންދާތީ އެކަމާ ވަރަށްބޮޑަށް މީޑިއާގައި ސުވާލު އުފައްދައިފައިވެއެވެ.
2 Responses
އިރާގު އަހަރެމެން ހަނދާނެއް ނުނެތެއެވެ. ސައްދާމް ހުސޭނު ދުއްވާލަން ހިންގި ހަނގުރާމައިގާ ސައްހާފު ކިޔާ މީހަކު ކުރި ކަންތައް ހަނދާނެއް ނުނެތެއެވެ. އެމެރިކާގެ ގުޅިފައިވާ ލަޝްކަރަށް މަގުދައްކަން އޭނާ ދެއްކިވާހަކަ އަދިވެސް އެހުރީ ސޯޝަލް މީޑިއާގައެވެ. އެމެރިކާގެ ގުޅިފައިވާ ލަޝްކަރަށް މަލާމާތުގެ ރާގަކަށް ބުނަމުން ގެންދިޔައީ އެމެރިކާގެ ލަޝްކަރުން އިރާގުގް ލަޝްކަރަށް ބޮޑެތި ގެއްލުންތައް ދެމުން ގެންދާ ކަމަށް އެހަދަނީ ބޮޑެތީ ދޮގުތަކެއް ކަމަށެވެ. އިރާގުގެ ލަޝްކަރުތައް ރުކުރުވާލާފައިވަނީވެސް މުޅިން އެހެން ސަރަހައްދެއްގައެވެ. އޭނާ ހީކުރީ އަޑުއަހާ މީހުންގެ ބޮލެއް ނުހުންނާނެ ކަމަށެވެ. އާނ ! ހަނގުރާމައަށްފަހު އޭނާއަށް އެމިރެޓްސް އިން ވަރުގަދަ ވަޒީފާއެއް އޮތީ ހަމަޖެހިފައެވެ.
އީރާނަށް ޙަމަލައެއްދީ މެދުއިރުމަތި ހަނަފަސްތަނަކަށް އެމެރިކާ އާއި ގުޅިގެން އިޒްރޭލުން ހަދާލަން ބޭނުންވާނެއެވެ. ވިސްނާތިބި ބަޔަކަށް ލައްކަ އެނގި ފެންނާނެމެއެވެ. އެމެރިކާއިން ބޮޑު ހަނގުރާމައެއް ކޮއްލަން ބޭނުމެވެ. އެހެނީ އެމީހުނގެ އާމްދަނީ ހޯދަނީ ހަތިޔާރުވިއްކާ ތަންތަން ފަނާކޮށްގެން ލޫޓްވައިގެނެވެ. އިރާގު ހަނގުރާމަޔާއި އީރާން އިރާގް 8 އަހަަރުގެ ހަނގުރާމަޔަކި އެބާވަތުގެ ޗައްކަރެވެ.