އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

Loading

January 18, 2024
sandhaanu news
Facebook
Twitter
WhatsApp

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ޔުގަންޑާގެ ކަމްޕާލާގައި މިހާރުކުރިއަށްދާ ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާރނަލް މިނިސްޓަރ ޑރ. ޖައިޝަންކަރުއާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޕޯސްޓެއްގައެވެ. 

އެގޮތުން މިނިސްޓަރު މޫސާ ޒަމީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގަ ތިބި އަސްކަރީ ސިފައިން ރާއްޖެއިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މިހާރު ކުރިޔަށްދާ މަތީފަންތީގެ މަޝްވަރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. 

ހަމަ އެހެންމެ އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން އަވަސް ކުރުމުގެ އިތުރުން، ސާކާއި ނާމްގެ ތެރޭގައި އެއްބާރުލުން ދިނުމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައި ކަމަށް މޫސާ ޒަމީރު ވިދާޅުވިއެވެ.  

މީގެ އިތުރުން މި ބައްދަލުވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. ޖައިޝަންކަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ދެ ޤައުމުގެ ގުޅުމާއި ބެހޭ ގޮތުންނާއި އަދި ނާމްގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. 

Loading

2 Responses

  1. ދެބޭފުޅުންވެސް ތެދަށް ވާހަކަ ދެއްކެވިކަމަށް ހީކުރަމެވެ. އެހެނީ ދެގައުމުދެމެދުގައި މިވަނީ ވަރަށް ޙައްސާސް މައްސަލައެކެވެ. ސިޔާސީ ކޯޅުމަކަށް ނުހައްދަވާ ދެގައުމަށް ފައިދާހުރި ރަޙުމަތްތެރި ގުޅުން އަބަދުވެސް ބޭނުމެވެ. ދެ ޕާޓީ އަކަށްވުރު ދެ ގައުމު މާ މުހިންމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް