“އާބަންކޯ“ ގެ ބަދަލުގައި އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފި

Loading

Facebook
Twitter
WhatsApp

“އާބަންކޯ“ ގެ ބަދަލުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކޯޕަރޭޝަނުގެ ގާނޫނީ ނަން ”ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން“ އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމާފައިވަނީ މި ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުގެ ނަން އާބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާ ކަމަށާއި ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށް ވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އުފެއްދީ ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރު. މިއަދު އަޅުގަނޑުމެންނަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަން. މި ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނޭ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދޭ.“

 އެ ކޯޕަރޭޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގުތިސާދީ ގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުން ކަމަށާއި މިކަން ހާސިލު ކުރުމަށް މިކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގުތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް