މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައީ, ހުދުމުޚުތާރުކަން ހައްޔަރުކުރަން މިއޮތީ ޖެހިފަ: ފައްޔާޟް

Loading

Facebook
Twitter
WhatsApp

މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް އައީ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ނުސީދާކޮށ ސަރުކާރަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ފައްޔާޟް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ މާމުއި ހަނދުވަރުގެ ރޭތައް ނިމުމަކަށް މިއައީ ކަމަށާއި އަނިޔާވެރިކަމާއި އޮޅުވައިލުމާއި ޚުދުމުހުތާރުކަން ހައްޔަރުކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރަން މިހާރު މިއޮތީ ޖެހިފައި ކަމަށެވެ.

“ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ.“

ފައްޔާޟް މިގޮތަށް ލިޔުއްވީ ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގެއެވެ.

ފައްޔާޟް މިހެން ވިދާޅުވިއިރު މާލެ ސިޓީ ކައުންސިލުން ހިންގަމުން ދިޔަ ބޮޑެތި މަޝްރޫއުތައް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން އެ ކައުންސިލުން މިއަދު ވަނީ ނިންމައިފައެވެ.

ކައުންސިލުން އެގޮތަށް ނިންމާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި އާދަމް އާޒިމް މަގާމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެފައި ވަނިކޮށެވެ.

Loading

2 Responses

  1. ﷲގެ އިރާދަފުޅާއެކު ނޫންތޯ ވެންޓިލޭޓަރުންވެސް ހަބޭހަށް ވައްކަން ކުރެއްވީ. ވީމާ ﷲ އާއި އެކަލާންގެ ރަސޫލް އެއްފަރާތްކޮށްފާ ގޮސް ގޮވަން ހައްދަވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް