ގޭގައި ތިބެގެން މެމޯ ހެއްދޭނެ ގޮތް ހަދައި އިސް ރަށްވެހިންނަށް ޚާއްސަ ކްލިނިކެއް ހުޅުވައިފި

Loading

Facebook
Twitter
WhatsApp

އައިޖީއެމްއެޗުގައި އިސް ރަށްވެހިންނަށް ޚާއްސަ ކްލިނިކެއް މިއަދު ހުޅުވައިފިއެވެ.

އިސް ރަށްވެހިންނަށް ގޭގައި ތިބެގެން މެމޯ ހެއްދުމުގެ ޚިދުމަތް ތައާރަފުކޮށް މި ކްލިނިކް ހުޅުވައިދެއްވައި ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ މިއަދު ތައާރަފުކުރި ޚިދުމަތަކީ ޒަމާންތަކެއް ވަންދެން އިސް ރަށްވެހިން ކުރަމުން އައި އުންމީދުތަކެއް ހަގީގަތަކަށް ވެގެންދިއުން ކަމަށެވެ.

މި ޚިދުމަތާއެކު އިސް ރަށްވެހިންނަށް ޚާއްސަ ސަމާލުކަމެއް ދީ އެ މީހުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


ފުރަތަމަ ކްލިނިކް އައިޖީއެމްއެޗުގައި މިއަދު ހުޅުވި ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ޚިދުމަތް އަތޮޅު ތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އަވަށްޓެރި ބައެއް ގައުމުތަކާ ވާހަކަ ދައްކައި ދުވަސްވީ މީހުންގެ ފަރުވާއަށް ޚާއްސަ ތައުލީމު އުނގަންނައިދިނުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ގައުމީ ޔުނިވަރސިޓީއާ ވާހަކަ ދައްކައިގެން އެ ދާއިރާގެ މޮޑިއުލްތަކެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެކި ސަރަހައްދުގައި އިސް ރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ހަދަން ވެސް ނިންމައިފައެވެ.

Loading

One Response

  1. މެމޯހެއްދިދާނެ. ޑރ. އަށް ދައްކަން އެޕޮއިންޓްމަންޓް ލިބޭނީ ކިތައް ހަފްތާއިން. އެޕޮއިންޓްމަން ލިބޭދުވަހު ޑރ. އިމާރޖެންސީ ލީވްގައި. މިފަދަ ކަންތައް ރަނގަޅުކޮށްލަން ޖެހޭނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް