މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއާއި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފި

Loading

Facebook
Twitter
WhatsApp

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީއާއި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ފަސްކޮށްފިއެވެ.

އެމްޑީޕީން ކުރިން ނިންމާފައި އޮތީ މި މަހުގެ 26 އަދި 27 ގައި ޕްރައިމަރީ ބޭއްވުމަށެވެ.

އެމްޑީޕީން ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއެކު އާއްމުކޮށް އެ ޕާޓީން ބުނީ އެ ދާއިރާތަކުގެ ޕްރައިމަރީ އޮންނާނީ 03 ފެބްރުއަރީ ވާ ހޮނިހިރު ދުވަހު ކަމަށެވެ.

އެމްޑީޕީއިން އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން 43 ދާއިރާއަކުން އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެއެވެ.

މީގެއިތުރުން ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކަށް ވަނީ އެ ޕާޓީގެ ޓިކެޓް ކަށަވަރުވެފައެވެ.

ޕީޕީއެމް/ޕީއެންސީއިން އެންމެ ފުރަތަމަ ނިންމީ މިދިޔަ މަހުގެ 23 ގައި ޕްރައިމަރީ ބާއްވާށެވެ.

އޭގެފަހުން މި މަހުގެ 20 ވަނަ ދުވަހަށް ފަސްކުރުމަށްފަހު މިހާރު ވަނީ މި މަހުގެ 27 ގައި ޕްރައިމަރީ ބާއްވަން ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް