ފައިސާ ނެތްކަމަށްބުނެ އިންޑިއާގެ އެންމެ ބޮޑު އާބާދީއެއް ދިރިރުޅޭ ނިއު ދިއްލީގެ އިސްލާމިކް ސްކޫލުތަކުގައި ހިސާބާއި ސައިންސް މާއްދާތައް ކިޔަވައިދޭ 21،000 އަށްވުރެ ގިނަ މުސްލިމް މުދައްރިސުންނަށް މުސާރަދިނުން ހުއްޓާލާފައިވާއިރު، އެވަޒީފާތައް މުޅިންހެން ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް އިންޑިއާ ސަރުކާރުގެ މަސްދަރަކުން ހާމަކޮށްފިއެވެ.
މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީއިން ވެރިކަންކުރާ އުއްތަރް ޕްރަދޭޝްގެ މަދަރުސާތަކުގައި މަސައްކަތްކުރާ މުދައްރިސުންނެވެ. މި މައްސަލަ ފެންމަތިވެފައި މިވަނީ ބޮޑުވަޒީރު މޯދީ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލާފައިވަނިކޮށެވެ. ބޮޑުވަޒީރު އިންތިހާބުކުރުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގައެވެ.
އިންޑިއާގެ ސަރުކާރު ހިންގުމާއި މިހާރު ހަވާލުވެތިބީ މުސްލިމުންނާއި ދެކޮޅުވެރި، އިންޑިއާގައި ދިރިއުޅޭ އެއްވެސް މުސްލިމަކަށް އެއްވެސް ހައްޤެއް ދިނުމަށް މުޅިން ދެކޮޅުހަދާ ގިނަ ހިންދޫންގެ މައްޗަށް އެކުލެވޭ ޕާޓީއަކުނެވެ. މޯދީގެ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ރައްކާތެރިކަމުގެ ދަށުން މުސްލިމުންގެ އިތުރުން އެހެނިގެން ދީންތަކުގެ ރައްޔިތުންނަށް ނޭޝަނަލިސްޓް ގްރޫޕްތަކުން އިންޒާރުދީ ފުރައްސާރަކުރާކަމަށް ހިއުމަން ރައިޓްވް ވޮޗްފަދަ އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ.