ގަތުލުއާންމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އެމެރިކާއާއި އިނގިރޭސިވިލާތް އެކަނި

Loading

January 13, 2024
profile
Facebook
Twitter
WhatsApp

ދެކުނު އެފްރިކާއިން އިޒްރޭލާއި ދެކޮޅަށް ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓު (އައިސީޖޭ) އަށް ވެއްދި ގަތުލުއާޏްމުގެ މައްސަލާގައި އިޒްރޭލާއި އެއްކޮޅަށް ތިބީ އިނގިރޭސި ވިލާތާއި އެމެރިކާ އެކަންޏެވެ. 

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބުރާސްފަތިދުވަހު ހޭގްގައި ހުންނަ ބައިނަލްއަޤްވާމީ ކޯޓުގައި  ބޭއްވުނުއިރު، ދެކުނު އެފްރިކާގެ ފަރާތުން ބަޔާން އިއްވުމަށްފަހު އިޒްރޭލުން ގަތުލުއާންމު ހިންގާކަމަށް ގަބޫލުނުކުރާކަމަށް ބުނެފައިވަނީ ހުޅަނގުގެ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. ދެންތިބި ހުރިހައި ގައުމަކުންވެސް ވަނީ އިޒްރޭލާއި ދެކޮޅަށް ފަލަސްތީނަށް ތާއީދުކޮށްފައެވެ. 

މިގޮތުން، އިޒްރޭލުން ހިންގަނީ ގަތުލުއާންމެއްކަމަށް ގަބޫލުކުރާ ގައުމުތަކުގެ ތެރޭގައި، ޔަމަނާއި، ބޮލިވިއާއާއި، ދިވެހިރާއްޖެއާއި، ވެނެޒުއޭލާއާއި، ނާމްބިއާ އާއި، އަފްޣާނިސްތާނާއި، ބަހްރޭނާއި، ބަންގްލަދޭޝްއާއި، ޔޫއޭއީއާއި، އިންޑޮނޭޝިއާއާއި، އިރާޤާއި، އިރާނާއި، ޤަތަރާއި، މެލޭޝިއާ ހިމެނެއެވެ. 

އޮކްޓޯބަރު 7 ގައި ފަލަސްތީނުގެ ހަމާސް މުޖާޙިދުން އިޒްރޭލަށް ހަމަލާދީ، ބަޔަކު އަސީރުކުރުމާއެކު، ބަދަލު ހިފުމަށްޓަކައ ކަމަށްބުނެ އިޒްރޭލުގެ ނިރުބަވެރި ސިފައިން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުންނެވެ. ވައިގެ މަގުންނާއި، ފައިގެ މަގުންނާއި، ކަނޑުގެ މަގުން ޣައްޒާއަށް ހަމަލާދެމުންދާއިރު، ހަނގުރާމައިގެ މިހާތަނަށް ޣައްޒާއިން ޝަހީދު ކޮށްލެވުނު މީހުންގެ އަދަދު 22،000 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. މީގެތެރޭގައި ގިނައި އަންހެނުންނާއި ކުޑަކުދިންކަމަށް، ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. 

އިޒްރޭލުން ގެންދަނީ ޣައްޒާގެ ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި، ރެފިއުޖީ ކޭމްޕުތަކަށް ތަފާތުކުރުމެއްނެތި ހަމަލާދެމުންނެވެ. ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށައެޅި މައްސަލައަކީ އިޒްރޭލުން ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ތަންތަނަށް ދީފައިވާ ހަމަލާތަކާއި، ގަތުލުއާންމު ހިންގަމުންދާތީ ފިޔަވަޅުއެޅުމަށްޓަކައި ހުށައެޅުނު މައްސަލައެކެވެ. 

ފަލަސްތީނުން ނުކުންނަމުންދާ ތަސްވީރުތަކާއި، ވީޑިއޯ މަންޒަރުތަކުން އިޒްރޭލުގެ ގަތުލުއާންމަށް ހެކިދިންނަމަވެސް، މިކަން ހުއްޓުވުމަށްޓަކައި ޔަމަނު ފިޔަވައި އެއްވެސް ގައުމަކުން އަމަލީ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް