އިޒްރޭލު ޓޭންކުތަކާއި، ސިފައިންގެ އިމާރާތްތަކަށް ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

Loading

January 13, 2024
profile
Facebook
Twitter
WhatsApp

ލުބުނާނުގެ މުޖާހިދުންގެ ގްރޫޕެއްކަމަށްވާ ހިޒްބުﷲ އިން އިޒްރޭލުގެ މަތުލާއާއި ރުވައިސަތުލް އައްސީ ސައިޓުތަކަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއްދީފިއެވެ. 

ހިޒްބުﷲ އިން އާންމުކުރި ވީޑިއޯއެއްގައި، އިޒްރޭލު ނިރުބަވެރި ސިފައިން ތިބި މެރްކާވާ ޓޭންކަރެއް ރުވައިސަތުލް އައްސީގައި ގޮއްވާލާ މަންޒަރު ފެނިގެންދާއިރު، ލުބުނާނުގެ އިސްލާމިކް ރެޒިސްޓެންސްއިން ވަނި މަތުލާގައި ހުންނަ އިޒްރޭލުގެ އިމާރާތަކަށްވެސް ބޮމުގެ ހަމަލާއެއް ދީފައެވެ. ހަމައެއާއެކު، އިޒްރޭލުގެ ބޯޑަރުގައި ހުންނަ ގިނަ ޕޯސްޓުތަކަކަށްވެސް މިފަދަ އެތައް ހަމަލާތަކެއް ވަނީ ދީފައެވެ. 

ހިޒްބުﷲ އިން އާންމުކުރި ވީޑިއޯގައި، މުޖާހިދުންގެ ގްރޫޕުން ފޮނުވާލި ރޮކެޓެއް އިޒްރޭލުގެ އިމާރާތެއްގައި ޖެހި އެ އިމާރާތުގެ ބޮޑު ބައެއް ހަލާކުކޮށްލާ މަންޒަރު ފެނިގެންދެއެވެ. 

ހިޒްބުﷲ އިން ދެމުންގެންދާ ހަމަލާތަކާއި މެދު ކަންބޮޑުވުން ފާޅުކޮށް، އިޒްރޭލުގެ ދިފާއީ ވަޒީރު ބުނެފައިވަނީ އިޒްރޭލަށް ހިޒްބު ނައްތައެއް ނުލެވޭނެކަމަށާއި، ސިޔާސީ އެއްބަސްވުމަކަށް އާދެވެން ޖެހޭކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް