ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ވޯޓުލައްވައިފި

Loading

Facebook
Twitter
WhatsApp

މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި އެ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރަން މިއަދު ބާއްވާ ބައި-އިލެކްޝަނުގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވޯޓުލައްވައިފިއެވެ.

ވ.އާރަށުގެ މައްސަލާގައި ރިޝްވަތާއި ޚިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި އަދި މިހާރު ގޭބަންދަށް ބަދަލުކޮށްފައިވާ ރައީސް ޔާމީން ވޯޓުލެއްވުމަށްފަހު އެމަނިކުފާނު ތާއީދުކުރައްވާ ކެންޑިޑޭޓުންނާއެކު ނަންގަވާފައިވާ ފޮޓޯއެއް ޕީއެންއެފްގެ މީޑިއާ ގުރޫޕުގައި ވަނީ ހިއްސާކޮށްފައެވެ.

އެ ފޮޓޯގައި ތިއްބެވީ ރައީސް ޔާމީނުގެ ތާއީދާއެކު އިންތިޚާބުގައި މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދާއި ކައުންސިލުގެ މާފަންނު ދެކުނު ދާއިރާ, ހެންވޭރު ދެކުނު ދާއިރާ އަދި މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ދަރިކަލުން ޒެއިންއާއި ކުރީގެ މިނިސްޓަރު މަލީހު ޖަމާލެވެ.

މި އިންތިޚާބުގައި މޭޔަރު ކަމަށް ޖުމްލަ ފަސް ބޭފުޅުން ވާދަކުރައްވާއިރު އެ ހުރިހާ ބޭފުޅުން ވެސް ވަނީ ވޯޓުލައްވައިފައެވެ.

Loading

One Response

  1. RY votu levvikamuge thaarafuge thereygaa thi shareeathuge heku as dhin meehunaa hukum kurI fandiyaarunge Nan ves himanaalinama adhi maa thaazaa vees noonbaa!!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް