ޔޫކްރެއިން ސިފައިންގެ ޙާލުގެ ދުލުން ނިއުޔޯކް ޓައިމްސް އަށް

Loading

Facebook
Twitter
WhatsApp

ޔޫކްރެއިންގެ ސިފައިން ނިއުޔޯރކް ޓައިމްސް އަށް މަޢުލޫމާތު ދިން ގޮތުގައި ރަޝިޔާއިން ޔޫކްރެއިންގެ ލަޝްކަރުތަކަށް އަމާޒުކޮށް ގޮއްވަމުން ގެންދާ ޑްރޯން ތަކުގެ ސަބަބުން ހަނގުރާމައިގާ ބޭނުންކުރާ އެއްގަމު އުޅަނދުތަކުގައި ދަތުރުކުރަން ބިރުން ފައިމަގުގައި ކުރީ ސަފަށް ދަތުރުކުރަން ޖެހިއްޖެއެވެ. އަދި ބައެއް ލަޝްކަރުތަކުން ކާބޯތަކެތި ހޯދުމަށްޓަކައިވެސް އެތައްމޭލެއް ފައިމަގުގައި ކަޑައްތުކުރަން ވަނީ ޖެހިފައެވެ.      

ޔޫކްރެއިންގެ ސިފައިން ކިޔާދީފައިވާ ގޮތުގައި ރަޝިޔާއިން ފޮނުވާ ޑްރޯންތަކަށް ނިމުމެއް ނާދެއެވެ. އަދި ރަޝިޔާއިން ގެންދަނީ އެ ޑްރޯންތައް އަހަރެމެންގެ އަމާޒުތަކާ ދިމާއަށް ގޮއްވަމުންނެވެ. 

އަހަރެމެންގެ އެއްވެސް އުޅަނދަކަށް މި ޑްރޯންތަކުގެ ސަބަބުން ރައްކާތެރި ކަމެއް ނެތެވެ. ހަނގުރާމައިގެ ކުރީ ސަފުތަކަށް ބޭނުންވާ އެއްޗެހި ފޯރުކޮށްދިނުމަކީ ރަޝިޔާގެ ފަސްޓް ޕާރސަން ވިޔު ( އެފް. ޕީ. ވީ. ) ޑްރޯން ތަކުގެ ސަބަބުން މިހާރު އަހަރެމެންނަށް ވަރަށް ބިރުވެރި ކަމެކެވެ. 

މިއީ ވަރަށް އަގުހެޔޮ އަދި ހޮބީއަކަށްވެސް ބޭނުން ކުރެވިދާނެ ޑްރޯންތަކެކެވެ. ރަޝިޔާއިން އެ ޑްރޯންތައް ފޮނުވަނީ ގޮވާ އެއްޗެހިން ބަރުކޮށްފައެވެ. އޮޕަރޭޓް ކުރާ މީހާ ހުންނަނީ އަމާޒު ޓާގެޓަށްވުރެން އެތައް މޭލެއް ދުރުގައެވެ. މި ޑްރޯންތަކަކީ އެއްކޮޅަށް ދަތުރުކުރަން ބޭނުންކުރާ އެއްޗެކެވެ. 

އޭގެ އަމާޒަށް ވާސިލުވުމުން ގޮއްވާލަނީއެވެ. ބައެއް ފަހަރު ހީވެސް ނުކުރާކަހަލަ އަމާޒުތަކަށް ބޮން ވެސް އަޅަނީއެވެ. އެއްގަމު އުޅަނދުފަހަރުގައި ދަތުރުކުރުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެއް ކަމުގައި ޔުކްރެއިންގެ ނޭޝަނަލް ގާރޑްސްމަން ނިއުޔޯރކް ޓައިމްސް އަށް ކިޔާދިނެވެ.

ފާއިތުވެގެން މިދާ ހައެއްކަ މަސްދުވަހުގެތެރޭގައި ފްރަންޓްލައިނަށް ސިފައިން ފޮނުވަން ޖެހެނީ މުޅިންވެސް ފައިމަގުގައެވެ. އެނޫންގޮތެއް ނެތެވެ. ބައެއްފަހަރު ހައެއްކަ މޭލަށްވެސް ހިނގަން ޖެހެއެވެ.

ޒަޕޯރިންޒިއާ ސަރަހައްދުގައި ހަރަކާތްތެރި ވަމުންގެންދާ 117 ވަނަ ބްރިގޭޑުން މި ފިނިމޫސުމުގައި ވެހެމުން ދިޔަ ބޯ ވާރޭގައި ޗަކަވެފާއޮތް މަގުތަކުގައި ހަތަރު މޭލަށް ފައިމަގުގާ ހިނގަން ޖެހުނެވެ. އެމީހުންގެ އުޅަނދުތަކުގައި ދަތުރުކުރިނަމަ ރަޝިޔާގެ ޑްރޯންތަކުގެ ޙަމަލާއިން ސަލާމަތް ވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އޭގެ މާނައަކީ ފައިމަގުގާ ދިއުން ރައްކާތެރިއެކޭ ވެސް ނޫނެވެ. ފައިމަގުގައި ދަތުރުކުރަނިކޮށް ރަޝިޔާގެ ޑްރޯންތަކުގެ އަމާޒަށްވެފާ ހުރީކީވެސް މަދުންނެއް ނޫނެވެ. އެފް. ޕީ. ވީ. ޑްރޯނުން ބިންމަތީގެ ޙަރަކާތްތައް ދެނެގަތުމަކީވެސް އުދަނގޫ ކަމަކަށް ނުވެއެވެ.                                            

ޔޫކްރެއިނަށް ހަތިޔާރި ލިބޭނެ މަގުތައް ބަންދުވެ އެމެރިކާއިން ފޯރުކޮށްދެމުން އައި އެހީތައްވެސް ނެތި ދިއުމާއިއެކު ޔޫކްރެއިން ސިފައިންވެސް ގެންދަނީ އެފް. ޕީ. ވީ. ބޭނުންކުރަމުންނެވެ. 

ބައެއް ޙާލަތު ތަކުގައި ހަނގުރާމަމަތީ ހަތިޔާރަށްވުރެން ޑްރޯންގެ ބޭނުން މާބޮޑުކަންވެސް ފާހަގަކުރެވެއެވެ. އަމާޒު ފަހަތުން އަޅާގަނެގެންވެސް މިބާވަތުގެ ޑްރޯނަށް އުޅެވިދާނެއެވެ. އަތުޖެހުނީމާ ގޮއްވާލާނީއެވެ. 

ޙާގީގަތުގައި އެންމެފުރަތަމަ ޑްރޯންގެ މި އުކުޅުތައް ބޭނުންކުރަން ފެށީވެސް ޔޫކްރެއިނުންނެވެ. އެކަމަކު މިހާރު ރަޝިޔާއިން އޭގެ ބޭނުން ކުރަމުން ގެންދަނީ ނުރައްކަލުގެ މައްޗަށް ނުރައްކާ އޮންނަ މިންވަރަށެވެ. ހަނގުރާމާގައި އަގުބޮޑު ޓެންކް ފަދަ އަމާޒުތަކަށްވެސް އެފް. ވީ. ޕީ. ޑްރޯން ބޭނުންކޮށްގެން ޙަމަލާދެއެވެ.                                          

.

Loading

3 Responses

  1. އެމެރިކާއިން ޔޫކުރޭނަށް އެދިނީ ހާދަނުލަފާ ލަނޑެކޭދޯ؟ ޕުޓީން އާއި ތޮޅޭކިޔާފަ ތޮލުވައިފަ ހަތިޔާރާއި އޯޕަން ބަޖެޓްގައި އެނހީވެދީފަ ބަލިވަންފެށީމާ އެ ދޫކޮށްލީއެވެ. ދެކެބަލާށެވެ. އެހެނަސް އެމެރިކާވެރެއް ހަމަނެތްކަމުގައި ބަލާމީހުން އަދިވެސް މަދެއްނޫނެވެ.!

  2. ދެންކޮންމެވެސް ހިސާބެއްގައި ހަލާކު ކޮށްލާފައި އޮތް ލޮރީގަނޑެއް ގޮއްވާލާފާ އަހަރެމެން ރަޝިޔާގެ ބިޔަ ޓޭންކެއްވެސް ގޮއްވާލައިފީމޭ ބުނެ ކޮންމެވެސް މީޑިއާއަކަށް ވީޑިއޯއެއް ފޮނުވީމާ ހުޅަނގުން އެ ވީޑިއޯ އިޝްތިހާރު ކޮށްލާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް