ވެރިކަން ލިބި ކުޑަ ދުވަސްކޮޅެއްވީއިރު މުޅި ރާއްޖެއަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ދަސްވެއްޖެ ކަމަށާއި އެބޭފުޅުންގެ ދޮގުވެރިކަމާ މަކަރުވެރިކަން އިންތިހާއަށް ގޮސްފައިވާކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
މިމޭރުމުން ޖަމީލު ފާޑުވިދާޅުވީ އަބަދުވެސް ތިއްބަވާނީ ރައީސް ޔާމީނާއެކު ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒާއި ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން މީގެކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ ކްލިޕެއް “އެކްސް“ ގައި ހިއްސާކުރައްވައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމަކީ މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ބޭއްވި ބައްދަލުވުމެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަތައް:
ރައީސް ޑރ.މުޙައްމަދު މުޢިއްޒު/އޭރު ޕީޕީއެމްގެ ނައިބު ރައީސް: “އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އަޅުގަނޑުމެން އެކަމުގަ އެއްވެސް ދެބަސްވުމެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުކޮށް ކުރިއަށް މިއޮތް ރިޔާސީ އިންތިޚާބުގަ އަޅުގަނޑުމެންގެ މަސައްކަތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޔާމީން ހޮވާފަ ހުއްޓާލާނީ.“
ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް: “އަޅުގަނޑުމެންގެ ޕްލޭން އޭ އަކީ ވެސް ބީ އަކީ ވެސް ސީ އަކީ ވެސް ރައީސް ޔާމީން. އަޅުގަނޑު މިހުރީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ ވަރަށް ސާބިތުކަމާއެކު. އަޅުގަނޑު ސިޔާސީ ހަޔާތް ނިންމާނީ އެމަނިކުފާނާ އެކީގަ އެމަނިކުފާނުގެ ފަހަތްޕުޅުގަ. ދެން ކިހިނެއްތޯ އެމަނިކުފާނުގެ ކުރިއަށް އަރާނީ. ރައީސް ޔާމީނާ އެކީގަ އަޅުގަނޑުމެން އެންމެން ވެސް މި ތިބީ ވަރަށް ބަދަހިކޮށް.“
ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން: “އަޅުގަނޑު އިއްޔެ ވެސް މިއަދު މިހުރީ މާދަން ވެސް ހުންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ. އެމަނިކުފާނު ދެއްކެވި މަގަކުން ނޫނީ ހިނގާކަށް އަޅުގަނޑު ގަސްދެއް ނުކުރަން.“
އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު: “އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މި ގައުމަށް އަދި ރައީސް ޔާމީންގެ ދެ ދައުރު ކީއްކުރަންތޯ އެމަނިކުފާނު ވެރިކަން ކުރައްވަން ބޭނުންފުޅުވާހައި ދުވަހަކު އެމަނިކުފާނުގެ ޚިދުމަތް އެބަ ބޭނުންވޭ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގަ ރައީސް ޔާމީން އެބަޖެހޭ ހުންނަވަން. ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްޓަކައި ރައީސް ޔާމީން ފަހަތްޕުޅުގައި އެމަނިކުފާނު ބެހެއްޓެވި ހިސާބެއްގައި ހުންނާނަން.“
ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ އަދި އޭރު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު: “އަޅުގަނޑަކީ ވެސް ރައީސް ޔާމީންގެ ފޮލޯވާރ އެއް. މިހާތަނަށް އަދި ކުރިއަށް އޮތް ތަނުގަ ވެސް މަސައްކަތް ކުރާނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް. އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން. އަޅުގަނޑު ހުންނާނީ ރައީސް ޔާމީން ބެހެއްޓެވި ހިސާބެއްގައި. ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ހާލަތެއް އަޔަސް އަޅުގަނޑު ފޮލޯކުރާނީ ރައީސް ޔާމީންގެ އިރުޝާދުު.“
https://twitter.com/MJameelAhmed/status/1745469747146240024?t=MY2oaa-cykDiWhwz9wU_4w&s=19
ޖަމީލުގެ ޕޯސްޓުގައި ވަނީ އޭރު އެ ވާހަކަތައް ދައްކަވާފައި ޕީއެންސީ އަދި ޕީޕީއެމްގެ ލީޑަރޝިޕުގެ އެއްވެސް ލަދެއް ހަމަނެތީތޯ ސުވާލު ކުރައްވައިފައެވެ.
މީގެއިތުރުން ރައީސް ޔާމީނުގެ މުޅި ހަޔާތްޕުޅަށް ޣައްދާރުވި ބަޔަކަށް ރައްޔިތުން މިއަދު ކުރަންވީ ކޮން އިތުބާރެއްތޯ ވިދާޅުވެ ޖަމީލު ސުވާލު އުފެއްދެވިއެވެ.
“މާލެ އަދި މުޅިރާއްޖޭގެ ރައްޔިތުންނަށް އަދުރޭ އާއި ރ.މުޢިއްޒު ދަސްވެއްޖެ! ދޮގުވެރިކަމާ މަކަރުވެރިކަމުގެ އިންތިހާ.“ ރައީސް ޔާމީންގެ އިސް ވަކީލު ވިދާޅުވިއެވެ.
ދާދިފަހުން ޖަމީލު ކުރެއްވި އެހެން ޕޯސްޓެއްގައި ވަނީ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދު ކަމަށްވާ ރައީސް ޔާމީން މިނިވަން ކުރުން އޮތީ ކިހާހިސާބެއްގައިތޯ ވެސް ސުވާލު ކުރައްވައިފައެވެ.
ސަރުކާރުން ދާދިފަހުން ބުނެފައިވަނީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން އެ ހިނދުން އެ ހިނދަށް ހުއްޓުނީ ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންވުމަކީ ޖުޑިޝަރީ ތެރޭގައި އޮތް ކަމެއް ކަމަށާއި ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށާއި އެހެންކަމުން ރައީސް ޔާމީނާ ގުޅިގެން ވެވަޑައިގެންނެވި ވައުދު އެ އޮތީ ފުދިފައި ކަމަށެވެ.
14 Responses
ތި ވާހަކަތަކަކީ،ސްޕްރީމްކޯޓުން ރައީސް ޔާމީނާދެކޮޅަށް ޙުކުމްކުރުމުގެ ކުރިން،އެބޭފުޅުން ދެއްކިވާހަކަތަކެއް..އެއިރު އެންމެންވެސް ޔަގީންކޮށްގެން ތިބީ ރައީސް ޔާމީނަށް އިންތިޚާބުގަ ވާދަކުރެވޭނެކަމަށް… އެހެންވީމަ އެތަނުން އެއްވެސް ބޭފުޅަކު ދޮގެއް ނަހަދާކަން،ޚުދް ޖަމީލަށްވެސް އެނގޭނެ..
މުއިއްޒު ހުވާ ކުރެއްވި ދުވަހު ހުވާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި މިހާރު ސަރުކާރުން ޝަރީއަތަށް ނުފޫޒް ހިންގުމާ މިހިނދުން ނިމުނީކަމަށް ވިދާޅުވި. ސުވާލަކީ ސަރީޢަތުގައި ފަހު އަޑުއެހުން ނިމި އެތައް ދުވަސްތަކެއް ފާއިތުވެގެން ދާއިރު ޙުކުމް ނުކުރެވެނީ ކޮން ނުފޫޒަކުންތޯ؟
ރައީސް ޔާމީންގެ ފަހަތްޕުޅުގައި ނުތިބޭން ނިންމީ އިންތިހާބު ބޯއިކޮޓް ކުރަން އެމަނިކުފާނު ނިންމެވުމާއި ހިސާބުން. ސިޔާސީ ލީޑަރުންނަކީ ރަސޫލުންނަށް ނުވާތީ އެމީހުންގެ ފަހަތުން ގޮސް ކަނޑަށް އެރޭކަށް ނުޖެހޭ. މީ އެޒަމާނެއްވެސް ނޫން. ޖަމީލަށް ވެސް މިސަރުކާރުން ބޮޑު މަގާމެއް ނުލިބުނީމަ އެހާ ޔާމީނު ވެގެން އެ އުޅެނީ.
އޭގެފަހުން ކެންޕޭނައް ދާއިރު ހުސްގޮޑިއެއް ހިފައިގެން އެދުވީ ކީއްވެ?
ސިޔާސީ ބޭފުޅުންގެ ކިބައިން ތެދުވެރިކަމާއި އަމާނާތްތެރިކަމަށް އުންމީދުކުރުމަކީ އަވާމެންދުރުގެ ފަހަތުން ދުވުން ކަހަލަ ކަމެއް. އަހަރެމެންނަށް ލަނޑު ލިބެނީ އަދި ގައުމުގެ ހާލަތު ބޮއްސުން ލައިގެން ދަނީ އެމީހުން ދައްކާވާހަކަ އަޑުއަހާތީ. އުންމީދުކުރަނީ އަހަރެމެން އަހަރެމެންގެ ބަސް އަޑުއަހާނެ ދުވަހަކަށް.
Alhugan’dumen adhives mithibee RY ge fahaiypuljugai. Hama ehenme gaumuge ves fahathigai.
Hurihaa beyfulhunves gaumaai medhu visnavaa. Ghumu bai Bai nukkuravvaa.RY ves muhimmu. Ekamaku Gaumu maa muhimmu.
RM RY aaimedhu nuvisnavaakamahgaboolu nukurevey.RM ah furus’thu dhevvaa. Iraadha kurevviyyaa court maruh’halaa nimimun RY minivan vaane. RM gon’di kolhugai isheenevendhen keiy kuravvaa. Eirun RY ah ves adhi Gaumsh ves faidhaa body vaane. Insha a Allah. i
ރައީސްވީވަޢުދަކީސަރިއަތަށްއަތްނުބޭނުން، އެކަންކުރެއްވިކަމަށްއެވިދާޅުވަނީ. ހުކުމަށް ބަދަލެއް ގެންނާކަށްވިދާޅެއްނުވޭ
އަދިވެސް އެގޮތުގަ ތިބީ. އެމަނިކުފާނަށް އިންތިހާބުގަ ބައިވެރި ނުވެވިމަކީ ޢާޅުގަނޑުމެންގެ ވޯޓާުލުމުގެ ހައްގު ގެއްލެންވީ ކަމެއްނޫން. އެކަމު ތިހާވާހަޑިން ޔާމިނަކަސް ކާސިމަކަސް ފަހަތުން ދުވާކަށް ނުޖެހޭ
Kandy gai leaving nam huruhaa maheh kai huskuraane
Thi vidhaalhuvaa riyassee huvaa kurevvumuge kureen riyassee kenpain thereygaa Muizzu raiyyathunnah vaudhuvee verikamah hovijjenama November 17 ga huvaa kuravvaa dhuvahakeee RY minivan kuraane dhuvas kamah evves meehaku kanthahthah olhuvaanulaa!! Furathama burun Muizzu molhuve dhevana buruge kenpionaa hamain raagaa bas badhalukoh thikiaa gaanoonah noonee shareeaiy thakah aiy nubaanaane kamah bunan feshee, e ee Muizzuah riyassee inthikhaabu kaamiyaabu vaanekan yageen vumun, hama gasthugaa RY dhoonukuran dhekki hujjatheh.
Dhen huree Adhurey Adhurey e bunaa fasenburi nubelumakee ves hama RY ah nuseedhaakoh dhin inzaareh..
ޚުދު ރައީސް ޔާމީނުގެ އިތުބާރު އަނބުރާގެންގޮސްފިމޭވިދާޅުވެ ފައިވާބޭފުޅަކު ފިތުނައުފައްދަން ދައްކާމިފަދަ ވާހަކަތަކުން އެނގެނީ ވެރިކަމެއް ނޫނީ ބޮޑުބާރެއްލިބުނުދުވަހުއެބުނާ މަންޒަރު ނުދެއްކެވުނުބޭފުޅަކު ދެންކޮއްދެވޭނީކޮންކަމެއްތޯ ކޮސްނުގޮވާ ރައީސް ޔާމީން އަންނާނީ ހަމަ ޕީޕީއެމްޕީއެންސީ އައްޔަން ހުރިހާ ދިވެހި ރަތްޔަތުނައްއެނގޭ.
thiman magaamu dheynee thauleemee meehunnashey buni. ekamaku thanthaa thibi kenainnah ves siyaasee magaamu bahamun dhanee. eves nuveytha dhogakah!
ޔޫސުފް: ރައީސް މުޢިއްޒު ކެމްޕެއިން ގައި ރައީސް ޔާމިން ކޮށްފައިވަނީ ”ޙަރާމަ ޙުކުމެއް“ ކަމަށް ވިދާޅު ވަމުން ގެންދަވާފައި ވޭ. ޙަރާމަ ޙުކުމް މި އީ ކެމްޕެއިްނ ގައި ޕީޕީއެމް/ ޕީ އެން ސީ ގެ އަތްމަތީ ބަހެއް . “ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން އެ ހިނދުން އެ ހިނދަށް ހުއްޓުނީ ކަމަށް ވިދާޅުވި.“ އަޅުގަނޑުގެ ވިސްނުމަކީ، ރައީސް ޔާމީންގެ ޙުކުމަކީ، ”ޙަރާމް ޙުކުމް“ އެއް ކަމަށް އެއްބަސްވެ ވަޑައި ގެންނެވޭ އިރު، ރައީސްކަމަށް ވަޑައިގެންފައި، ޤައުމުގެ އެންމެ މަތީ ޙާކިމާ ގެ ހައިސިއްޔަތުން އެއްވެސް ހައްލެއް :ހަރާމް ޙުކުމަށް “ ގެނެސް ނުދެއްވާ ، އަދި އެކަމަށް އެއްވެސް އިޝާރާތު ގެ ބަހެއް ވިދާޅު ނުވެ، “ ޝަރުއީ ދާއިރާއަށް ނުފޫޒް ފޯރުވުން ހުއްޓުވާ ލެއްވިކަމަށް“ ވިދާޅުވެ އިޢުލާން ކުރެއްވުމަކީ، އެ ޙުކުމް އެ ގޮތުގައި ދެމެހެއްޓުމަށް ދެއްވުނު ބާރެއް. ނުފޫޒު ފޯރުވުމެއް ކަމަށް އަޅުގަނޑުގެ ވިސްނުން ބުނަނީ.
Dhuniyekanee nuvathadhuniyekaanee makaraajahaigenkan Dr.kah neygimakee hithaamakuran jeheykamewq