ބޫޓާންގެ އިންތިޚާބީ ބޮޑުވަޒީރަށް ރައީސް މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

Loading

Facebook
Twitter
WhatsApp

ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖުގައި ވަނީ ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްގީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައެވެ.

މީގެއިތުރުން މި ފެށިގެންދާ އައު ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައި ވެސް ރައީސް މެސެޖުގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއާއި ބޫޓާންއާ ދެ ގައުމަކީ ގާތް ދެ ގައުމުކަން ފާހަގަކުރައްވައި ރައީސް ވަނީ ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވެސް ފާހަގަކުރައްވައިއެވެ.

ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް