ވެސްޓް ބޭންކުގައި ހަމަލާތައް އިތުރުވާނެކަމަށް ސަލާމަތީ ބާރުތަކުން ނަތަންޔާހޫއަށް އިންޒާރުދިން

Loading

January 10, 2024
profile
Facebook
Twitter
WhatsApp

އޮކްޓޫބަރު 7 ގެ ކުރިން ހަމާސް މުޖާހިދުންގެ އެއްވެސް އަސަރެއް ނެތް، އިސްރާއީލުގެ ފުރިހަމަ ބާރުގެ ދަށުގައި އޮތް ވެސްޓު ބޭންކުގައި ހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް އިތުރުވާނެކަމަށްބުނެ ސަލާމަތީ ބާރުތަކުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އިންޒާރު ދީފައިވާކަން ހާމަވެއްޖެއެވެ. 

މިގޮތުން، އިސްރާއީލުންވަނީ އިސްރާއީލުގެ ނިރުބަވެރި ސިފައިންނާއިއެކު، ޑީ9 ބުލްޑޯޒަރެއް ވެސްޓު ބޭންކުގެ ތުލްކަރްމް ކޭމްޕަށް ފޮނުވައި އެތަން ހިޞާރުކޮށްފައެވެ. އަދި ފަލަސްތީނުގެ މުޖާހިދުންވަނީ ތުލްކަރްމް ކޭމްޕަށް ވަންނަށް އައި ގިނަ އުޅަނދުތަކަކަށް ހަމަލާދީ ގޮއްވާލާފައެވެ. 

ވެސްޓު ބޭންކު ތެރޭގައި ހަނގުރާމަ އަންނަނީ ވަރުގަދަކުރަމުންނެވެ. 

ފަލަސްތީނުގެ މުޖާހިދުންނާއި އިސްރާއީލުގެ ނިރުބަވެރި ސިފައިންގެ ދެމެދުގައި ހިނގާ ކުރިމަތިލުންތައް ފަލަސްތީނުގެ ހުރިހައި ހިސާބަކަށް މިހާރު ފެތުރިފައިވާއިރު، އޮކްޓޫބަރު 7 ގެ ކުރިން ވެސްޓް ބޭންކަކީ މުޅިންހެން އިސްރާއީލުގެ ބާރުގެދަށުގައި އޮތްތަނެކެވެ. އިސްރާއީލުގެ ޗެކްޕޮއިންޓްތައް ބަލަހައްޓާ ސިފައިންގެ ހުއްދައަކާއި ނުލައި އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުވެސް ނުކުރެވޭއިރު، ހުރިހާ ސަރަހައްދެއްގެ ވަށައިގެން ފެންސާއި ދާ ޖަހައި، ދޫންޏަކަށްވެސް ނުވަދެވޭނޭހެން އޮންނަނީ ބަންދުކޮށްލާފައެވެ. 

އިސްރާއީލު ސިފައިން ގެންދިޔައީ ވެސްޓް ބޭންކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ޝަހީދުކޮށް، މީހުން ވަގަށްނަގައި، އަނިޔާކުރަމުންނެވެ. އަދި ފަލަސްތީނު ރައްޔިތުންގެ ގެދޮރު އަތުލައިގަނެ، އެހެން ގައުމުތަކުން އަންނަ ޔަހޫދީ ސެޓްލަރުންނަށް އެގެތަށް ދިރިއުޅޭން ދެމުންނެވެ.

އެހެންނަމަވެސް، މިހާރު ފަލަސްތީނުގެ ގިނަ ރައްޔިތެއްގެ އަތަށް ހަތިޔާރު ލިބުމާއެކު، ބަދަލު ރައްދު ދިނުމުގެ ހިތްވަރު އާލާވެ، ހަމަލާތައް އަންނަނީ ބަދަލުކުރެވެމުންނެވެ. އިސްރާއީލުގެ ސަލާމަތީ ނިޒާމުތައް ފޫއަޅުވާލައި، ބައިގަނޑުގަނޑަށް ފަލަސްތީނަށް ހަތިޔާރު ގެންދަނީ އެތެރެކުރަމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް