އާބަންކޯ ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު އައްޔަންކުރައްވާފައިވަނީ މިނިސްޓަރު ފެންވަރުގައިކަމަށް ރައީސް އޮފީހުގެ ވެބްސައިޓުން ދައްކައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ސިޔާސީ މަގާމުތަކުގެ ތެރޭގައި މިނިސްޓަރުންގެ ލެވެލްގެ ބޭފުޅުންގެ ލިސްޓުގައި އެޗްޑީސީގެ އެމްޑީގެ ގޮތުގައި ފަޒުލްގެ ނަން ވަނީ ހިމަނައިފައެވެ.
މިއީ ކުންފުންޏެއްގެ ވެރިއަކު މިގޮތަށް މިނިސްޓަރު ލެވެލްގައި އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ.
ކުންފުނިތަކުގެ ވެރިންނަކީ ރައީސް އައްޔަންކުރައްވާ މަގާމުތަކެއް ނޫނެވެ. ކުންފުނިތަކުގެ ވެރިން އައްޔަން ކުރައްވަނީ ރައީސް އޮފީހުން ނަން ފޮނުއްވުމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ކުންފުންޏެއްގެ ވެރިއަކު މިގޮތަށް މިނިސްޓަރު ލެވެލްގައި އައްޔަން ކުރެއްވުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ.
5 Responses
ސިޔާސީލީޑަރުންނަކީ ދުނިޔޭގައި ވަރަށްބާރުގަދަބައެއް. އެމީހުންނަށް ހީވާކަހަލަ ދުވަހަކުވެސް މިބާރުދެން ނުދާނެޔޭ.
ތިޔައީ ގާނޫނު ހެދިމީހުންނަށް ނޭގި އޮތް އެއްޗަކަށްވެސް ވެދާނެ. މާދަމާ މަގާމުން ވަކިކޮށްލީމާ މައްސަލަ ނިމުނީނު.
ޗައްކަރު މޯލްޑިވްސް! ހެޔޮބަދަލެއް ނާންނާނެ.ދައުލަތް ބޭނުންކޮއްލަނީ މައިން ބަފައިންގެ ތަރިކަމުދާބަހާ އުސޫލައްވުރެން ހަރާމްކޯރުކޮށް!
ކޮންޚިޔާލެއްތޯ ދެވޭނީ ވަކަރު ގަނޑާ މާވަޑިޔާ ހިތަކަށޭ ބުނާއަޑު އަހަންތޯ؟
ރައީސް ޔާމިނު ސަރުކާރުގަ، ސްޓެލްކޯ ގެ އެމްޑީ އަކަށް ޒުހޫރު އައްޔަންކުރީ މިނިސްޓަރު ފެންވަރުގަ. ޖީ އަކުރު ޖެހި ކާރަކާއެކު.