ޓައިވާނަށް ހަތިޔާރު ފޯރުކޮށްދިން އެމެރިކާގެ 5 ކުންފުންޏަކާއި ދެކޮޅަށް ޗައިނާއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިގޮތުން، ޗައިނާއިން ވަނީ އެމެރިކާގެ ޑިފެންސް ކުންފުނިތަކެއްގެ މުދާ ފްރީޒްކޮށް، ވިޔަފާރި މުއާމަލާތްތައް ނުކުރެވޭގޮތަށް މެދުކަނޑާލާފައެވެ.
ޗައިނާއިން ބުނީ، ޓައިވާނަށް ހަތިޔާރު ފޯރުކޯށްދިނުން ހުއްޓާލުމަށް އެމެރިކާއަށް ގޮވާލާކަމަށާއި، ޣައިރުޤާނޫނީ ފިޔަވަޅުތަކާއެކު ޗައިނާއަށް ޓާގެޓުކުރުން ހުއްޓާލުމަށް ލަފާދޭކަމަށެވެ.
އެހެންނޫންނަމަ، ޗައިނާއިން ”ވަރުގަދަ ރައްދެން ދޭނެޖެހިދާނެ“ ކަމަށް ބުނެ އެގައުމުން ވަނީ އެމެރިކާއަށް އިންޒާރުދީފައެވެ.