ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުުވެރިން އަންނަ ގައުމަށް ހަދައިދިނުމަށް އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުުވެރިން އަންނަ ގައުމަށް ހަދައިދިނުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގެންނެވީ އަނެއްކާވެސް ޗައިނާއިން އެކަން ދަމަހައްޓައިދިނުމަށެވެ.

މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ފާހަގަކުރައްވައިފައެވެ.

އަދި ދިވެހިރާއްޖޭގެ މައި އެއާޕޯޓާއި ވިޔަފާރި ބަނދަރު ތަރައްގީކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން، އެ މަޝްރޫއުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް