މެލޭޝިއާއިން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތް ފުޅާކުރަނީ، މަހުޖަނުންގެ މައްސަލަތައް ވެސް ތަހުގީގުކުރާނެ

Loading

January 7, 2024
profile
Facebook
Twitter
WhatsApp

މެލޭޝިއާއިން ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރާ މަސައްކަތުގެ ދަށުން، ސަރުކާރުގެ އިސްވެރީންނާއި ސިޔާސީ ލީޑަރުންގެ އިތުރުން، މަހުޖަނުންނާ ގުޅުންހުރި މައްސަލަތައް ވެސް ތަހުގީގުކުރަން ފަށައިފިއެވެ. 

މިގޮތުން، މަޝްހޫރު ވިޔަފާރިވެރިޔާ މިރްޒާން މަހާތީރް އާ ގުޅުން ހުރި މައްސަލައެއް މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

މެލޭޝިއާގެ ކުރީގެ މާލީ ވަޒީރު، ޓުން ދައިމް ޒައިނުއްދީނުގެ އާއިލާގެ މިލްކުގައިވާ އިމާރާތެއްކަމަށްވާ ”އިލްހާމް ޓަވަރ“ މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) އިން ވަރަށްފަހުން އަތުލާފައިވާއިރު، ތަހުގީގީ ފުލުހުންގެ ނަޒަރު މިހާރު ހުއްޓިފައިވަނީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރް މުޙައްމަދުގެ ދޮށީ ދަރިކަލުން، މިރްޒާން މަހާތީރްއަށެވެ. 

އެންޓި ކޮރަޕްޝަން ކެމްޕޭނު ފުޅާކުރަމުން ގެންދިޔުމުން، ކޮރަޕްޝަން ނައްތާލުމަށް ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެންދެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި މަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމަށް ލަފާކުރެވޭއިރު، ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ ސިޔާސީ ނިޔަތެއްގައި ހިންގޭ، އަންވަރް އިބްރާހީމްއާއި އިދިކޮޅު ފަރާތްތަކަށް ހާއްސަކުރެވިފައިވާ ކެމްޕޭނެއްކަމަށެވެ.

އެމްއޭސީސީއިން އަންނަނީ 1990 ގެ އަހަރުތަކުގައި، ޔުނައިޓެޑް އެންޖިނިއަރސް މެލޭޝިއާއާއި ރެނޮންގް ބެރްހާދް އާއި ދެމެދު ހިނގައިދިޔަ ވިޔަފާރި އެއްބަސްވުމެއް ތަހުގީގުކުރަމުންނެވެ. މިމައްސަލާގައި މިރްޒާންގެ އިތުރުން، ދައިމް ޒައިނުއްދީންއާއި، އޭނާގެ ބައިވެރިއް ކަމަށްވާ ހަލީމް ޞާދްގެ އިތުރުން، ވަކީލު ރާޝިދް މަނާފްގެ މައްޗަށް ތަހުގީގު ހުޅުވާލާފައިވެއެވެ.

ކަމާބެހޭ ވުޒާރާތަކުން ތުހުމަތުކުރާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން 500 މިލިއަން އެމެރިކާ ޑޮލަރު އެމްބެޒެލްކޮށްފައިވެއެވެ. މިރްޒާން އެނާގެ މުއްސަނދިކަން އިތުރުކޮށްައިވަނީ 1980 އަދި 1990ގެ އަހަރުތަކުގެ ތެރޭގައި، ޔޫއެމްއެންއޯ ޕާޓީގެ ގުޅުންތައް ބޭނުންކޮށްގެންނެވެ. 

ބޮޑެތި ބާރުތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހުޅުވާލައިގެން މެލޭޝިއާ ސަރުކާރުން ފޮނުވައިދެނީ ވަރަށް ބާރުގަދަ މެސެޖެކެވެ. މިގޮތުން، ޒަމާނުއްސުރެ، ވިޔަފާރީގެ ބާޒާރާއި، ސިޔާސީ މަސްރަހާއި ގުޅި ލާމެހިފައި އޮންނަ އޮތުމުގެ ސަބަބުން، ވިޔަފާރިވެރީންނަށް ހާއްސަ ސިޔާސީ މަންފާތައް ހޯދައިގަތުމުގެ ފުރުސަތު އޮންނަ އޮތުމަށް މެލޭޝިއާ ސަރުކާރުން މިހާރު އެވަނީ ގޮންޖަހާލާފައެވެ. 

Loading

One Response

  1. އެންމެ ކަރަޕްޓް މީހުން ގިނައީ އަމްނޯ ޕާޓީގައެވެ. އެއީ ބޮޑުވަޒީރުގެ ކޯލިޝަން ޕާޓްނަރުންނެވެ. މިރުޒާން މަހާތީރުގެ ކަރަޕްޝަން އެ ބެލެނީ މަހާތީރު އަންވަރުގެ ސަރުކާރަށް ނުރުހި ދެކޮޅަށް މަސައްކަތް ކުރާތީއެވެ. ހަމަ އެއްކަމެކެވެ. ތަފާތީ ގައުމެވެ. 99% ގައުމުތަކުގައި ވެރިކަމާއިހެދި ބަގުޑިލާންވެގެން އެކަކު އަނެކާއަށް ލަނޑު ދެނީއެވެ. މިސްރުގައި ރައްޔަތުން ހޮވި ރައީސް ޖަލަށްލާ ތިއުޅޭ ސީސީ އައްވާ މަރާލީއެވެ. ބަނގުލަދޭޝްގައި ހަސީނާ ކުރީގެ ބޮޑުވަޒީރު ޒިއާ ޖަލަށްލައިގެން ބަލިކޮށްލައިފިއެވެ. ކުރީ އިލެކްޝަންގައި އިދިކޮޅު ލީޑަރު ދަންޖައްސާ މަރާލީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް