ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށް މާދަމާ ހައިކޯޓަށް ދަނީ

Loading

Facebook
Twitter
WhatsApp

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކައި މާދަމާ ހައިކޯޓަށް ދާން ނިންމާފައިވާ ކަމަށް ރައީސް ޔާމީން އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.

މަލީހު މިކަން ހާމަކުރެއްވީ “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.

“ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ދެނެގަތުމަށްޓަކާ މާދަމާ 10 ޖަހާއިރު އަޅުގަނޑުމެން ހައިކޯޓަށް ދާނަން. Justice delayed is justice denied.“ މަލީހުގެ ޕޯސްޓުގައި ވެއެވެ.

ވ.އާރަށު މައްސަލާގައި ރިޝްވަތާއި ޚިޔާނާތުގެ ކުށް ސާބިތުވެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވެވި 11 އަހަރުގެ ހުކުމުގު އިސްތިއުނާފު މަރުހަލާގެ އަޑުއެހުންތައް ހައިކޯޓުން ނިންމަވައިލެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 21 ގައެވެ.

އެ ދުވަހު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް ކަމަށެވެ. ނަމަވެސް މަޖިލިސް ބާއްވާނެ ދުވަހެއް ހާމައެއް ނުކުރައްވައެވެ.

Loading

One Response

  1. ޗެކޮކޮށްލައިފީމެވެ. މިމަސް ނިމުމުގެ ކުރީން ޙުކުމް އިއްވާނެއެވެ. ޙުކުމްގެ ޒާތައް ބަލާއިރު ސަބަބުވެރި ޙުކުމަކަށްވެސް ވެދާނެއެވެ. ބަލަމާ ދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް