ބީ. ބީ. ސީ. އިން ޚަބަރު ދީފައިވާ ގޮތުގައި ގަތަރުގެ ފުރަތަމަ މަރުޙަލާ ކޯޓުން މަރުގެ ނިޔާ ޙުކުމްކުރެއްވި އިންޑިއާގެ ކުރީގެ ނޭވީ އޮފިސަރުންގެ އަދަބަށް ލުޔެއް ދީފިއެވެ.
ޚަބރުގައި ބުނެފައިވާ ގޮތުން އޭގެތެރެއިން އެކި މީހުންންގެ އަދަބަށް ލުއިދީފައިވަނީ އެކި މިންވަރަށެވެ. ގަތަރުގެ ކަސޭޝަން ކޯޓުން ނިންމާފައިވަނީ ފުރަތަމަ މަރުޙަލާ ކޯޓުގެ ޙުކުމް ޖަލު ޙުކުމަކަށް ބަދަލު ކުރުމަށެވެ. އެހެންނަމަވެސް އެކިމީހުންގެ މައްޗަށް ކަނޑައެޅުއްވި ޖަލު ޙުކުމުގެ ތަފްސީލު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އާންމު ގޮތެއްގައު ކަސޭޝަން ކޯޓު ތަކުން މައްސަލަތަކުގެ ޙަގީގަތް ހޯދުމަކީ ކުރާ ކަމެއް ނޫނެވެ. އެ ކޯޓުގެ ޙުކުމްތައް ބިނާކޮށްފައި އޮންނަނީ އަވަސްނިޔާގެ އުސޫލުތަކުގެ މައްޗަށެވެ.
މިހާރު އެމީހުންގެ މައްޗަށް އިއްވާފައިވާ ޙުކުމް އިސްތިއުނާފް ކުރުމަށް 60 ދުވަހުގެ މުޙުލަތެއް ލިބޭނެއެވެ. ގަތަރުންނާއި އިންޑިއާއިންވެސް މިހާތަނަށް އެމީހުންގެ ކުށަކީ ކޮބައިކަން ތަފްސީލު ކޮށްދީފައެއް ނެތެވެ.
އެ މައްސަލާގައި އިންޑިއާ ސަރުކާރުންވެސް ވާހަކަ ދައްކަން ބޭނުން ނުވާކަހަލައެވެ. އެހެންނަމަވެސް ރޮއިޓާރސް އާއި ފައިނޭންޝަލް ޓައިމްސް އަށް އެކި ފަރާތްތަކުން ދީފައިވާ މަޢުލޫމާތުން އެމީހުންގެ ކުށަކީ އިސްރާއީލަށް ޖާސުށް ކޮށްދިނުންކަން ހާމަވެފައި ވެއެވެ.
މިކަމުގެ ތަފްސީލު ހޯދުމަށްޓަކައި މިހާތަނަށް ކުރެވުނު މަސައްކަތުގައި ގަތަރާއި އިސްރާއީލުންވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
އިންޑިއާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބުނެފައިވަނީ އެ 8 އެމީހުންގެ ގާނޫނީ ވަކީލުންނަށް އެމީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާރު ފަހިވެފައި ވާކަމަށެވެ.
އެކަމަކު މައްސަލައިގެ ބާވަތުން ތަފްސީލު ހާމަކުރެވެން ނެތްކަމަށާއި އެމީހުންގެ މައްޗަށް ކޮށްފައިވާ މަރުގެ ޙުކުމްވަނީ ބާތިލު ކުރައްވާފައިވާ ކަމަށް ދެކެއެވެ. މިހާރު އެމީހުންގެ ގާނޫނީ ވަކީލުންގެ ޓީމަށް ލިބިފައިވާ މި ފުރުސަތުގެ ސަބަބުން ބޮޑެތި ބަދަކުތަކެއް ގެނެވިދާނެކަމަށް ވެސް އުންމީދު ކުރެވެއެވެ.
މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ ތެރޭގައި އެމީހުންނަށް މަރުގެ ޙުކުމް އިއްވުމުން އިންޑިއާ އަށް ބަޔާން ނުކުރެވޭފަދަ ކުއްލި ޙައިރާންމެއް ލިބުނު ކަމުގައި އިންޑިއާގެ ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.
އަދި އެ އަދަބަށް ލުޔެއް ހޯދާ ދިނުމަށްޓަކައި އިންޑިއާ ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ބުނެފައި ވެއެވެ. އިންޑިއާ ސަރުކާރުން ޕާރލަމެންޓްގައި ވާހަކަ ދައްކަމުން ޚާރިޖީ ވަޒީރު އެސް. ޖައިޝަންކަރު ވިދާޅުވެފައިވަނީ އެ 8 މީހުންނަކީ އިންޑިއާއަށް ގިނަ ޚިދުމަތްތަކެއް ކޮށް ދެއްވާފައިވާ ކުރީގެޚިދުމަތްތެރިން ތަކެއް ކަމަށެވެ.
އޭގެ ތެރެއިން ބައެއްމީހުންގެ ޢާއިލާތަކާއި ގުޅައިގެން އެމީހުންގެ ވަނަވަރުތައް ހޯދިއިރު ބައެއްމީހުން އިންޑިއާ ކަނޑު ސިފައިންގެ ތެރޭގައި ޚިދުމަތް ކޮށްފައިވާކަން ކަށަވަރު ކުރެވިފައިވެއެވެ.
އެހެންނަމަވެސް އެމީހުންނަކީ އަލް ދަހްރާ ނަމަކަށް ކިޔާ ކުންފުންޏެއްގައި އަމިއްލަގޮތުން މަސައްކަތް ކުރަމުން ގެންދިޔަ ބައެއްކަމުގައި ބުނެފައިވެއެވެ.
2 Responses
ތި އިންޑިޔާ މީހުންގެ ކުޅިގަނޑު މިހާރު ދެން ތިދިޔައީ މާ މައްޗަށެވެ. ހުރިހާދިމާލެއްގައި މުސްލިމުންގެ ޢަދުއްވުނާއި ގުޅިގެން ހަބޭސް ޖެއްސީއެވެ. ދެރައީ ތިކަމުންވެސް ތިބައިގަނޑު ސަލާމަތްވެގެންގޮސް އަނެއްކާ އެހެންދިމާލެއްގައި ޖަރީމާ ޑިޕާޓްމެންޓެއް ހުޅުވަފާނެތީއެވެ1
މާއްދިއްޔަތަކީ ތިމަތިމާމެންގެ ހަމައެކަނި މަސްލަހަތު ކަމަށް ބެލީމާ އެހެން ކަންތައްތަކަށް އޮންނާނީ ވެލި އެޅި ފޮރުވިފައެވެ. ތެދު ދޮގުވެސް ދެން ބިނާވެގެން ދާނީ ވިޔަފާރީގެ ފައިދާގެ މައްޗަށެވެ.