ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް މިނިސްޓަރު ޝަހީމް ސައުދީއަށް

Loading

January 5, 2024
sandhaanu news
Facebook
Twitter
WhatsApp

ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް، ހައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސަޢޫދީ އަރަބިއްޔާއަށް ފުރާ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ހައްޖު އެންޑް ޢުމްރާ ކޮންފަރެންސްގައި ބައިވެރިވުމަށާއި ހައްޖު އެންޑް އުމްރާ ސާވިސް އެގްރީމެންޓްގައި ސޮއިކުރުމަށް ޑރ. ޝަހީމް ކުރައްވާ މި ދަތުރުފުޅުގައި އިސްލާމީ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށެވެ. 

ހަމަ އެހެންމެ އެކޮންފަރެންސްގެ ހަވާސާގައި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްލާމީ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އިސްލާމިކް މިނިސްޓްރީގެ ދާއިރާގެ ކަންކަމުގައި އެފަރާތްތަކުގެ ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ. 

 މީގެ އިތުރުން، ދިވެހި ޙައްޖުވެރިންނާއި ޢުމްރާ ވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވާފައިވާތީވެ އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް