ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ އިންތިޚާބު އަންނަ ފެބްރުއަރީ 17 ގައި ޕްރައިމަރީ ބާއްވަން ފާސްކުރީ ބިލަބޮންގ ހައި ސްކޫލުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގެ އެއްވަނަ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްއިން ވަނީ މަޖިލިސް އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ހުރިހާ އިންތިޚާބީ ދާއިރާކަށް ވާދަކުރުމަށް ފާސްކޮށްފައެވެ.

ޑިމޮކްރެޓްސްއިން މިއަދު ވަނީ ޕްރައިމަރީއަށް ކުރިމަތިލުމުށް އެދޭ އެ ޕާޓީގެ މެންބަރުންނަށް މިއަދުން ފެށިގެން ފެބްރުއަރީ 4 ވާ އާދިއްތަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް ހުޅުވާލައިފައެވެ.

ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަކީ ފެބްރުއަރީ 4 ވަނަ ދުވަހުގެ ހަވީރު 16:00 ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރަކަށްވުމުގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭކަމަށް ބަޔާންކުރާ އެންމެހާ ޝަރުތުތައް ފުރިހަމަ މެމްބަރަކަށް ވާންޖެހެއެވެ.

ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ ފެބްރުއަރީ 4 ގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެމްބަރުންނަށެވެ.

ޑިމޮކްރެޓްސްއިން ބުނީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ވަގުތީ ލިސްޓް އާއްމުކޮށް ޝަކުވާއަށް ހުޅުވާލެވޭނީ ފެބްރުއަރީ 6 ވާ އަންގާރަ ދުވަހު ކަމަށާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއެއް ކަމަށް ކަނޑައެޅިފައިވަނީ ފެބްރުއަރީ 1 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ކަމަށެވެ.

މީގެއިތުރުން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މެމްބަރުންގެ ދާއިމީ ލިސްޓް އިއުލާނުކުރަން ކަނޑައެޅިފައިވަނީ ފެބްރުއަރީ 11 ވާ އާދިއްތަ ދުވަހު ކަމަށެވެ.

ޕްރައިމަރީގައި ވާދަކުރުމަށް އެދި އެންމެ މެމްބަރަކު ކުރިމަތިލާ ދާއިރާތަކުގައި ޕްރައިމަރީއަކާ ނުލައި އެ މެމްބަރަކަށް ޕާޓީގެ ޓިކެޓް ހަވާލުކުރެވޭނެ ކަމަށް އެ ޕާޓީން ބުންޏެވެ.

Loading

One Response

  1. ދަނޑިމޮކްރެޓްސް އަށްވެސް މަރުޙަބާ. އެހެނަސް ހުރިހާ ސިޔާސީ ޕާޓީއެއް އުވާލަން ފެނެއެވެ. އެހެނީ ގައުމު ދޮގާއި މަކަރު ހަދައިގެން ފިތުނަ ކޮށް އަވަދިކޮށްފަވާތީއެވެ. އެނޫނީ އެއްވެސް ޕާޓީއަކަށް ރައްޔަތުން ދަރުވާލައިގެން ފައިސާ ދީގެން ނުވާނެއެވެ. ސަރޕްލަސް ބަޖެޓެއް ލިބެންދެން ރައްޔަތުން ފެލުން ހުއްޓާލަންޖެހެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް