އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި ހުށަހެޅުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި

Loading

Facebook
Twitter
WhatsApp

1948 ވަނަ އަހަރު އެކުލަވައިލި ”ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް“ އާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި ހުށަހެޅުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

”ކޮންވެންޝަން އޮފް ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޯސައިޑް“ އާ އިޒްރޭލުން ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅީ މިދިޔަ މަހުގެ 29 ގައެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދެކުނު އެފްރިކާގެ އެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް އާންމުންނެއް އަދި ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ވަނީ މި ދުނިޔެ ދޫކޮށްފައެވެ. މި ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފަށް ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކެއް ކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންސާނީ އެހީގެ ދޮރުތައް ހުޅުވުމަށް ސަރުކާރުން ތަކުރާރުކޮށް ގޮވާލާކަން ވެސް ފާހަގަކޮށްފައިވެއެވެ.

އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް އުނިކަން ލިބޭ މިފަދަ އަމަލުތަކާއި ފިޔަވަޅުތަކާމެދު ކޯޓުން ފިޔަވަޅުއެޅުން އަވަސްކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް