މިދިޔަ 5 އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން: މިނިސްޓަރު އަމީން

Loading

Facebook
Twitter
WhatsApp

މިދިޔަ 5 އަހަރު އާދަޔާ ޚިލާފަށް ގިނަ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ 5 އަހަރު 69,780 އުޅަނދު އަލަށް ރަޖިސްޓްރީކޮށްދިން ކަމަށާއި އޭގެތެރެއިން 42,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކުރީ މާލެއަށް ކަމަށާއި މިއީ އާދަޔާ ޚިލާފަށް ގިނަ އަދަދެއް ކަމަށެވެ.

“މި ސްކޭލުގައި މި ޓްރެންޑްގައި މިގޮތަށްދާކަމަށްވަންޏާ މި މާލެ އޭރިއާ ދާނީ އަޅުގަނޑުމެންނަށް ނުހިފެއްޓިގެން.“

އަމީން ވިދާޅުވީ ގާނޫނުގެ ތެރެއިން ކަންކަން ކޮށްފިނަމަ އެ އަދަދަށް ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށެވެ. އަމީން ވިދާޅުވީ މިނިސްޓްރީއަށް ލިބޭ ބާރުގެ ދަށުން ރަޖިސްޓްރީކުރުމުގެ ކަންތައް މަޑުޖައްސައިލުމުން އެ ޓްރެންޑް ބަދަލުވަމުން އަންނަ ތަން ފެންނަމުންދާ ކަމަށެވެ.

ވެހިކަލްތައް މަދުކުރުމަށްޓަކައި އެކިއެކި މުއައްސަސާތަކާ ގުޅިގެން ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި މާލެ އޭރިއާގެ ޓްރެފިކް މައްސަލައަށް ހައްލެއް ހޯދަން މަސައްކަތް ކުރުމަށް މާދަމާ ބަޔަކާއެކު ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އޭގެފަހުން ކަމާގުޅޭ މާހިރުންގެ ލަފާތައް ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ދުރު ރާސްތާގެ ހައްލެއް ގެނެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް