ތުޅާދޫ ދާއިރާގެ މެންބަރު ހިސާން މަޖިލީހަށް ކުރިމަތި ނުލާން ނިންމައިފި

Loading

January 3, 2024
sandhaanu news
Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައިފިއެވެ.

އެގޮތުން ހިސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާ އަހަރުގެ ތަހުނިޔާ ފޮނުއްވަމުން ވަނީ ރައްޔިތުންގެ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރެއްވުމަށް ދާއިރާގެ ރައްޔިތުން ދިން ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ ހިސާން ވަނީ އޭނާގެ މަސައްކަތުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

 ކުރިއަށް އޮތްތާގައި އެމްޑީޕީއާއެކު ހުންނާނެ ކަން ހާމަކޮށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ހިސާންގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުންމީދަކީ މާތްﷲ ގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުރުން ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. 

ޖޭއެސްސީގައި ހިސާން އިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ ހައިސިއްޔަތުންނެވެ. 

ހިސާން ވަނީ ބަންޑާރަ ނައިބުގެ އޮފީހުގައިވެސް ގިނަ ދުވަސްތަކެއް ވަން ދެން މަސައްކަތް ކުރައްވާފައެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ލީގަލް ސެކެރެޓަރީގެ މަޤާމުވެސް ހިސާން ވަނީ އަދާކުރައްވާފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް