ދެބޯޓު ޖެހި ޓޯކްޔޯ ރަންވޭގައި ހިނގި އެކްސިޑެންޓުގައި ޖަޕާން އެއަރލައިންސްގެ ބޯޓުގައި އަލިފާން ރޯވެއްޖެ

Loading

January 2, 2024
profile
Facebook
Twitter
WhatsApp

ޓޯކްޔޯ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން އުޅުނު ޖަޕާން އެއަރލައިންސްގެ މަތިންދާބޯޓެއް އެކްސިޑެންޓުވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

ރަންވޭ މަތީގައި އޮތް އެހެން މަތިންދާބޯޓެއްގައި ޖެހި ހިނގި މި އެކްސިޑެންޓާއެކު، ޖަޕާން އެއަރލައިންސްގެ ބޯޓުގައި އަލިފާން ރޯވުމުން، ބޯޓުން ދަތުރުކުރި އެތައް ސަތޭކަ ފަސެންޖަރުން ވަނީ ބޯޓުން ބާލާފައެވެ.

މިގޮތުން، މި ބޯޓުން ދަތުރުކުރި 379 މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށާއި، ރައްކާތެރިކަމާއެކު ބޭލިފައިވާކަމަށް ޖަޕާނުގެ ޓްރާންސްޕޯޓް މިނިސްޓަރ ޓެޓްސުއޯ ސައިޓޯ ވަނީ ބުނެފައެވެ. 

މި ހާދިސާގައި ހިމެނޭ ދެވަނަ ބޯޓަކީ ޖަޕާނުގެ ކޯސްޓް ގާޑުގެ މަތިންދާބޯޓެއްކަން އެ މުއައްސަސާއިން ކަށަވަރުކޮށްދީފައިވާއިރު، ސައިޓޯ ބުނީ، އެއީ ހޯމަ ދުވަހުގެ ބިންހެލުމަށްފަހު ޖަޕާނުގެ މެދުގެ އަވަށަކަށް މިސްރާބު ޖަހާފައިއޮތް ބޯޓެއްކަމަށެވެ. އަދި އެވަގުތު ބޯޓުގައި ތިބި މީހުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާކަމަށް ސައިޓޯ ބުނެފައިވެއެވެ. 

ކޯސްޓު ގާޑުގެ އުޅަނދުގައި ޖުމްލަ 5 މީހަކު ތިއްބެވެ. އެގޮތުން، ސައިޓޯއާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މަތިންދާބޯޓުގެ ކެޕްޓަން ވަނީ ސަލާމަތްވެފައެވެ. ނަމަވެސް، ހާދިސާގެ ތަހުގީގުގެ މިހާހިސާބުން ހާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވައިދޭން ދަތިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ. 

ޓޯކްޔޯ އެއަރޕޯޓުގެ ހުރިހާ ރަންވޭއެއް މިހާރުވަނީ ބަންދުކޮށްފައެވެ. ރަންވޭގައި ބަނދަރުކުރުމާއެކު މަތިންދާބޯޓުގައި ހުޅު ރޯވާ މަންޒަރު ޖަޕާންގެ ޓީވީ ޗެނަލަކުން ދައްކާފައިވާއިރު، ބޯޓުގެ ފިޔައެއްގައި ރޯވެ ގިނަ ބަޔަކު އެމަރޖެންސީ ޝޫޓް ބޭނުންކޮށް، ބޯޓުން ފުންމާލައިގެން ސަލާމަތްވާތަން އެވީޑިއޯއިން ފެނެއެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށް ފަޔަރ ކްރޫއިން ފެންދުއްވާ މަންޒަރު އެވީޑިއޯއިން ފެނުނުނަމަވެސް، އެއިރު އަލިފާންގަނޑުވަނީ މާބޮޑަށް ފެތުރިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް