އިޒްރޭލު ބޭނުންވާ ކާމިޔާބު ނުލިބި ޣައްޒާއިން ފައިބަނީ

Loading

January 2, 2024
profile
Facebook
Twitter
WhatsApp

އިޒްރޭލުން ޣައްޒާގައި ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްނުކުރެވުމުން އިޒްރޭލުގެ ނިރުބަވެރި ސިފައިން ބައިބަޔަށް ޣައްޒާއިން ފައިބަން ފަށައިފިއެވެ.

އިޒްރޭލުން ބުނެފައިވަނީ ”ދެން އޮތް ފިޔަވަހީގެ ހަރަކާތްތައް ފެށުމަށްޓަކައި“، ޣައްޒާގައި ތިބި އިޒްރޭލު ސިފައިންގެ އަދަދު މަދުކުރަން އެގައުމުން ވާނީ ފަށާފައެވެ. 

މިގޮތުން، އިޒްރޭލު ސިފައިންގެ ރިޒާވް ޑިވިޝަން އެއްކޮށް ޣައްޒާ ސްޓްރިޕް ދޫކޮށް މިހާރު ގޮސްފައިވާއިރު، 551 ރިޒާވް ޕެރެޝޫޓް ކޮމާންޑޯ ބްރިގޭޑްއާއި އާމާރޑް ރިޒާވް ބްރިގޭޑްގެ 14 ވަނަ ބްރިގޭޑްވެސް ވަރަށް އަވަހަށް ޣައްޒާ ދޫކޮށް ދާނެއެވެ. 

ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް ފުރިހަމަކޮށް ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މުއްދަތު ދީފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް ކަމަށްބުނެ މީގެ މަހެއްހައި ދުވަސްކުރިން ބޮޑެތި ނޫސްތަކުން ރިޕޯޓުކޮށްފައިވާއިރު، ގިނަ ދުވަސްތަކެއްގެ މައްޗަށް ދެމިގެންދާނެ ހަނގުރާމައަކަށް ފަންޑުކުރުމުގެ ހިތްވަރާއި، ހަކަތައާއި، ފައިސާ އެމެރިކާގެ ކިބައިގައި ނެތެވެ. އަދި އިޒްރޭލުން މިހާރެ ވެއްޓިފައި އޮތް މާލީ އަދި އިޤްތިޞާދީ އަނދަވަޅުން ސަލާމަތްކުރަން ޖެހިފައި އޮތީވެސް ހަމަ އެމެރިކާއަށެވެ.

މީގެ އިތުރުން، ހިޒްބުﷲ އާއިއެކުގައި އޮތް ހަނގުރާމަ ދަނީ އިތުރަށް ހޫނުވަމުންނެވެ. މާހިރުން ގަބޫލުކުރާގޮތުގައި، މިގޮތަށް ސިފައިން އަނބުރައި ގެންދިޔުމަކީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ފެށުމަށްޓަކައި ހުޅުވާލެވޭ ދޮރެއްކަމަށެވެ.

ފަރުދާގެ ފުރަގަހުގައި ކޮންމެވެސް އެއްބަސްވުމަކަށް އައިސްފައިވުމަކީ އެކަށީގެންވާކަމެކެވެ. ނަމަވެސް ސީދާ އިޒްރޭލުން ބަލިވީކަން ނުއެންގުމަށްޓަކައި، އިޒްރޭލު ސިފައިން ޣައްޒާއިން ބާލާނީ މަޑުމަޑުންކަމަށް ކަމާއިބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ.  

Loading

2 Responses

  1. އަބަދުވެސް އަޑު އިވެނީ މޮސާޑަކީ ދުނިޔޭގެ ނަމްބަރު ވަން ސްޕައި އެޖެންޑް އަދި ސީއައިޑީ ގެ ވެސް ބެސްޓްކަމަށެވެ. އަބަދު އަޑު ފަތުރަނީ ޔަހޫދީ ޒައަނިސްޓް އިޒްރޭލަކީ ދުނިޔޭގައި ނެތްވަރުގެ ހަނގުރާމަތީ ވަރުގަދަ ގައުމެއް ކަމެވެ. ފަލަސްތީނުގެ މުހާހިދު ފެކްޝަނެއް ޙަމާސްއަށް، މަތިންނާއި ތިރިން އަދި ކަނޑުން ޙަމަލާދީ ދެމަސްވާންދެން ފަނާކުރުމަށްފަހުވެސް އަމިއްލަ އެއްޗަށް ފައިން އެރިގެން އެ ރައްކާވީއެވެ. ދެންވެސް މޮޅުވާހަކަ ދައްކާނެއެވެ. ދެވަނަ ފޭސް އޭ 3 ވަނަ ފޭސް އޭ! ފަރސްޓްފޭސް ނިމުނުގޮތް މިއޮތީ ފެންނާށެވެ. މުޅިދުނިޔެ މިއަދުވަނީ އިޒްރޭލުގެ ޙަރާމީކަން ނުބައި ނުލަފާކަން ގޮތެއް ފޮތެއްނެތްކަން ދެކެ ގަބޫލުކޮށްފައެވެ.
    ފަލަސްތީނުގެ މުޖާހިދު ޙަމާސް، ޙިޒްބުއްލާ، ޔަމަންގެ ހޫތީން، އަދި އީރާނާއި އެހެނިހެން ވެސް މުޖާހިދު ޖަމާޢަތްތަކަށް އައްސަރިބަހާ ސާބަހެވެ. ތިބާމެންގެ އީމާނާ ކެރުމަށް މަރުޙަބާ ކިޔާ އަހުރެންގެ ފިނޑިކަށް އަމިއްލަ ނަފުސައް މަލާމާތް ލިބިގަތީމެވެ. މަރުޙަބާ ޙަމާސް އާއި ޙަމާސްގެ މަދަދު ގާރުންނަށް! ތިއީ އިސްލާމުންގެ އައްޑަނަކަމަށް ގަބޫލުކޮށްފީމެވެ. ޝުކުރިއްޔާ! ޝުކުރިއްޔާ!

  2. ތިބޭނީ މިހާރު އަމާ ހަނދާންވެފާ! އަމެރިކާގެ ކެއްކުންގަނދު ފޭލިވީއެވެ. އަލްޙަމްދުﷲ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް