ހުޅުމާލެއިން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އާއި އެކު ހުޅުޅުމާލެއިން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ހާމަކުރިގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ އާދީއްތަ ދުވަހު ފުލުހުން ހުޅުމާލޭ ތިން ފްލެޓެއް ބަލައި ފާސްކުރި ކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނުމާއި ގުޅިގެންނެވެ.

އެގޮތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ރަބަރު ޕެކެޓާއި 16 ސެލޯފިން ކޮތަޅާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ފެނުނު ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިން ފިރިހެނުންނާއި އަންހެނެކެވެ. އެއީ 29 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެކެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ އަންހެންމީހާ އަކީ 21 އަހަރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ކުއްތާ ބޭނުންކޮށްގެން ބައެއްސަރަހައްދުތައް ބަލައި ފާސްކޮށްފައި ވެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތް މިދުވަސްކޮޅު އިތުރުވެފައިވާކަން ފާހަގަކޮށްލެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް