ރޮއިޓާރސް އިން ޚަބަރު ދީފައިވާ ގޮތުގައި ބުރުންޑީގައި އެއްޖިންސުން ގުޅުން ހިންގާ މީހުންގައިގާ ހިލައިން ތަޅަން އެގައުމުގެ ރައީސް އެވަރިސްޓޭ ޑޭޔިޝިމިޔޭ އެގައުމުގެ ރައްޔިތުންނަށް ހިތްވަރު ދެއްވައިފިއެވެ.
އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ޔުނައިޓެޑް ނޭޝަންސްގެ 78 ވަނަ ޖެނެރަލް އެސެމްބްލީގެ ބަހުސް ގައެވެ. އެ ގައުމުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ދޭތެރޭ އާންމު ރައްޔިތުން ބަލަމުން ގެންދަނީ އެފްރިކާގެ ޝަޚްސިއްޔަތު ކަތިލަމުން ގެންދާ ބައެއްގެ ގޮތުގައެވެ.
މިހާރު ގާނޫނުތައް އޮންނަގޮތުން އެމީހުންނަށް ދެވެނީ ދެ އަހަރެއްގެ ޖަލު ޙުކުމެވެ. މިދިޔަ ހުކުރު ދުވަހު އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ރައީސް އެވަރިސްޓޭ ޑޭޔިޝިމިޔޭއަށް ނޫސްވެރިން ކުރިމަތި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ބުރުންޑީއަށް ކޯފާއެއް ބާވާ ލައްވަން ކަލޭމެން ބޭނުންވާނަމަ އެއްޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދީ މަގު ފަހި ކޮށްދޭށެވެ. އެކަމަކު އަހަރެމެންގެ ގައުމަށް ކޯފާއެއް އައުމަކަށް އަހަރެމެން ބޭނުމެއް ނުވާކަމަށެވެ.
ތިކަމަކީ ހުޅަނގުން މިގައުމަށް އެކްސްޕޯރޓް ކޮށްފައިވާ ނުރައްކާތެރި ބަލި މަޑު ކަމެއް ކަމަށާއި އަހަރެން އީމާންވެ ގަބޫލުކުރާ ގޮތުގައި މި ގައުމުގައި އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް ހަދަން ފެންނަގޮތަކީ އެމީހުން އެއްތަނަކަށް އެއްކޮށްފާ ގަލުން ތަޅަންވީއެވެ.
މިހެން ހެދުމަކުން ހަމަގައިމުވެސް ފާފަވެރިއެއް ނުވާނެއެވެ. ރައީސް ގެ މި ވާހަކަފުޅަކީ އެ ސަރަޙައްދުގެ ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން މަނާކުރުމަށް ބާރުއަޅުއްވައި އެ ގައުމުތަކުގެ ވެރިން ދައްކަވާފައިވާ ވާހަކަފުޅު ތަކުގެއެންމެ ފަހުގެ ބަޔާނެވެ.

ޔޫގެންޑާގައި އެއްޖިންސުން ގުޅުން ހިންގާމީހުންނަށް މައްސަލައިގެ ބާވަތަށް ބަލައި މަރުގެ ޙުކުމް ގެންދަނީ ތަންފީޒުކުރަމުން ނެވެ. މިއީ އިންސާނީ ކަރާމަތަށް ގޮންޖެހުންކަމަށް ބުނެ ހުޅަނގުން ގެންދަނީ ޔޫގެންޑާއަށް ފާޑުކިޔަމުންނެވެ.
އެމެރިކާއިން މިހާރު ވަނީ ޔޫގެންޑާއަށް ބައެއްކަހަލަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ދަތުރު ފަތުރުކޮށް އުޅުން އެގައުމުގެ މީހުންނަށް ހުދޫދު ކަނޑައަޅާފައެވެ. ދުނިޔޭގެ ބޭންކުންވެސް އެ ގައުމަށް ދަރަނި ދިނުމުން މަނާވެގެންފައެވެ.
ދެކުނު ސޫދާނައި ކެންޔާ އަދި ޓެންޒޭނިޔާގެ ގާނޫނު ހަދާމަޖިލީހުންވެސް މިހާރު ވިސްނަމުން ގެންދަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ބެހޭގޮތުން ޔޫގެންޑާގެ ގާނޫނުތައް ފަދައިން ގާނޫނެއް ވުޖޫދު ކުރުމަށެވެ.
މި ގައުމުތަކުގެ ސިޔާސީ ބޭފުޅުން ދެކިވަޑައި ގަންނަވާ ގޮތުގައި ހުޅަނގުގެ ގައުމުތަކަށް ބޯލެނބުމަށް ވުރެން މާ ބޮޑަށްވެސް އިސްކުރަން ޖެހޭނީ އެފްރިކާގެ އިސްތިގްލާލާއި ކަރާމަތާއި ޝަޚްސިއްޔަތު ރައްކާތެރިކުރުމެވެ.
6 Responses
ގައުމީ ޝަޚްސިއްޔަތު ހަނދާން ނައްތާލާފައި އެހެން ބަޔަކަށް ރީތީގޮތް ކޮޕީ ކުރީމާ ދެން ކިޔަން ޖެހޭނީ “ ކައްވާ ޗަލާ ހަންސްކީ ޗާލް.. އާޚިރު ބޫލާ އަޕްނީ ޗާލް “ މިހެންނެވެ.
This is inappropriate in Maldivian context. Law can’t be taken into own hands. This is illegal and can’t be published in Maldives.
އަދި ކިރިޔާ ތިޔަ ހޭލެވެނީ. ބުއްދީގެ ލޯ ހުޅުވެނީ . އެ މަގުފޭރޭ، މީހުން މަރާ، މީހުންގެ މުދަލާއި ގެދޮރު ލޫޓުވާ، ޒިނޭކޮށް ލިޥާޠް ކުރާ، ގައުމުތަކުގެ މެދުގައްޔާއި ގައުމުތަކުގެ އެތެރޭގައި ފިތުނަ އުފައްދައި ބައިބައި ކުރުވައި ފަގީރުންގެ ގޮތުގައި ބައިތިއްބުމަށް ރެޔާދުވާލު ފޫގަޅައިގެން ތިބި ޝައިޠާނާގެ އަޢުވާނުން ކުރާ ކޮންމެ އަމަލަކާއި ބަހާއި އެ މީހުންގެ ކުކައިގެ ވެސް ހުތުރު ތަސައްވުރެއް ރައްޔަތުގެ ސިކުނޑީގައި ހަރުލާނެހައި ގޮތްގޮތަށް ކަންތައްކޮށް ބަސްބުނެ ރާވަންވީ.
ބުރުންޑީގެ ވެރީން ހާދަ ދީންވެރިވެފާ ހެއްދެވިފަރާތުގެ އިންޒާރު ގަބޫލުކުރެއޭ ދޯ؟
އެފްރިކާގެ އެހެން ގައުމަކުން ނިންމިހެން މި ފިރިހެންކުޅި އަންހެންކުޅި ބައިގަޑު އެއްޖިއްސުން އިނދެގެން ދަރިން ލިބޭންދެން ޖަހަލުގައި ބައިތިއްބަންވީއެވެ. ކިހާބޮދު ބަލާވެރި ކަމެއް ހެއްޔެވެ!
ހަސަން ފިކުރީ ވިދާޅުވި ބަސްފުޅު ވަރަށް ރަނގަޅެވެ. ބަންދުކުރުންވެސް ރަނގަޅުވާނީ ދުރުދުރުގައި ހުންނަ ދެ ޖިންސަށް ޚާއްސަ ޖަލުތަކުގައެވެ.. މުހަންމަދު އަލީވެސް އެ ވިދާޅުވީ ރަނގަޅަށެވެ. ދިވެހިރާއްޖޭގައި ގާނުނު އަތަށް ނަގައިގެން ނުވާނެއެވެ. އެހެން އެއްޗެހި އަތަށް ނެގުމާ ނުނެގުމަކީ އަދި އެހެން ކަމެކެވެ.