ޖަޕާނަށް ބާރުގަދަ ބިންހެލުންތަކެއް

Loading

January 1, 2024
profile
Facebook
Twitter
WhatsApp

މިއަދު ހަވީރު ގާތްގަނޑަކަށް 4 ޖަހާކަށްހާއިރު ޖަޕާނުގެ ހުޅަނގުސަރަޙައްދު ބާރުގަދަ ބިންހެލުންތަކަކުން ގުޑުވާލުމާއި ގުޅިގެން ސުނާމީގެ އިންޒާރު އިއުލާން ކޮށްފިއެވެ. ޖަޕާނުގެ އިޝިކާވާ ސަރަޙައްދަށް މިއަދު ހަވީރު ޖަޕާނު ގަޑިން 4 ޖަހާކަށް ހާއިރު ޖެހިޖެހިގެން ބާރަ ވަރަކަށް ބިންހެލުން އައިކަމަށް ވެއެވެ.

ޖަޕާނުގެ މީޓިއޮރޮލީ ޑިޕާރޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި އޭގެތެރެއިން އެންމެ ބާރުގަދަ ގުޑުމުގެ މެގްނެޓިއުޑަކީ 7.6 އެކެވެ. އޭގެ ސަބަބުން ވަރަށްބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޖަޕާނުން ޢިއުލާންކުރި ސުނާމީގެ އިންޒާރުގައި އިޝިކާވާ ސަރަޙައްދަށް 5 މީޓަރު އުސްމިނުގެ ރާޅު އެރުން އެކަށީގެންވ ާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ފަހުން އެ އިންޒާރު ވަނީ ދަށްކޮށް އަދި އާދައިގެ ސުނާމީއަކަށް ވުމުގެ އުންމީދު ބޮޑުކަން ހާމަ ކޮށްފައެވެ. 

އަދި މިހާރު 3 މީޓަރު އުސްރާޅުތައް ހުޅަނގު ސަރަޙައްދުގެ ގޮނޑުދޮށްތަކަށް ބީއްސަމުން ގެންދާކަން އެނގިފައިވާ ކަމަށެވެ.އެހެންނަމަވެސް މީސްމީހުން މިވަގުތު ގެއަށް ނުދިއުމަށް ސަރުކާރުން ގެންދަނީ އިރުޝާދު ދެމުންނެވެ.

ގޮޑުދޮށުގައި ދިރިއުޅެމުން ގެންދާ މީހުން އެ ސަރަޙައްދު ހުސްކުރުމަށާއި ބޮޑެތި ގެއްލުންތަކާއި ނުރައްކާ މެދުވެރިވުން އެކަށީގެންވާ ކަމަށްވެސް އެ ޑިޕާރޓްމެންޓުގެ އިންޒާރުގައި ބަޔާން ކޮށްފައި ވެއެވެ. އޭގެތެރޭގައި ގެތައް ވެއްޓުމާއި ބިންގަނޑު ކަނޑައިގެން ދިއުންފަދަ ނުރައްކާ މެދުވެރިވުމާއި ކުރިމަތިލާން ޖެހުން ވަރަށް ގާތް ކަމުގައިވެސް ބުނެފައިވެއެވެ.                                               

އެސޯޝިއޭޓެޑް ޕްރެސްއިން ބުނެފައިވާގޮތުގައިި މިހާތަނަށް 6 ގެއެއް ވެއްޓި އެ ގެތަކުގައި އެތައްބަޔަކު ނުނިކުމެވި ތާށިވެފާ އެބަތިއްބެވެ.އަދި އިޝިކަވާގެ ވަޖިމާ ސިޓީގައި އަލިފާން ރޯވެ އަދަމުންދާ ކަމަށާއި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެ މަރުވެފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައި ނުވާކަމަށާއި އެހެންނަމަވެސް މިހާތަނަށް ޙާލާތު ކަށަވަރު ކުރެވިފައި ނުވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ޔޮޝިމާސާ ހަޔާޝީ ބުނެފައިވާކަމަށް ބުނެފައި ވެއެވެ.

ތިރީސްހާސް ވަރަކަށް ގޭގައި އެއްވެސް އަލިކަމެއް އަދި ކަރަންޓެއް ނެތެވެ. ފުރަތަމަ އިންޒާރާއެކު ބައެއްމީހުން އަވަސްވެގަތީ އެމީހުންގެ ފައިސާ އާއި އުފުލާ ގެންގުޅެވޭ ސާމާނުތައް ރައްކާތެރި ހިސާބަކަށް ގެންދިއުމަށް ކަމަށާއި އޭގެތެރެއިން ބައެއްމީހުން ނުފެންނާތީގެނބިފައިވާވުން އެކަށިގެން ވާކަމަށްވެސް އޭނާ ވިދާޅު ވިއެވެ.

ޔޮޝިމާސާ ހަޔާޝީގެ އިންޒާރުގައި ވަގުތު ނެތްކަމަށާއި އަވަހަށް ސަލަމާތުގެ އައްސޭރިއަކަށް ދިއުމަށް ބާރު އަޅުއްވާފައި ވެއެވެ. ގިނަ މީހުން ގެންގޮސްފައިވަނީ ސްޓޭޑިއަމަކަށެވެ. އެތާގައި ހައެއްކަދުވަހު އެމީހުން މަޑުކުރަން ޖެހޭނެކަމަށްވެސް ހަޔާޝީ ބުނެފައި ވެއެވެ.                                           

ބްލެޓް ޓްރޭނުގެ ޚިދުމަތްވެސް ގިނަ ހިސާބުތަކުން ވަނީ ކެނޑިފައެވެ.                        

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އެކްސް އަށް ކުރައްވާފައިވާ ޕޯސްޓެއްގައި ބިންހެލުމާއި ގުޅިގެން ގައުމަށް ލިބިގައިވާ ގެއްލުން ތަކުގެ ތަފްސީލު ދެނެގަތުމަށް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ގެންދަނީ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފައި ވެއެވެ.                                              

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ އެން. އެޗް. ކޭ. ޓި ވީ އިން އިންޒާރު ދެމުން ގެންދަނީ ބިންހެލުމުގެ އެތައް ޝޮކެއް ލިބިފައި ވުމާއިއެކު ސުނާމީގެ އުސްރާޅުތަކެއް ފަހުންވެސް އަތުވެދާނެކަމަށް ބެލުން ބުއްދިވެރި ކަމަށެވެ.

ބިންހެލުން އައި ސަރަޙައްދުގައި ހިންގަމުންގެންދާ ނިއުކްލިއަރ ޕްލާންޓް ތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށާއި ގިނަ ޕްލާންޓްތައް ހުރީ ޝައްޑައުން ކޮށްފައިކަމަށާއި ރޭޑިއޭޝަނެއްގެ ބިރުވެރިކަން ނެތްކަމަށް ސަރުކާރުން ހާމަ ކޮށްފައި ވެއެވެ.

https://www.theguardian.com/world/live/2024/jan/01/japan-tsunami-earthquake-warning-latest-updates-live

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް