ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި 13 މެންބަރުންގެ ތެރެއިން 3 މެންބަރުން ފިޔަވައި ދެން ތިއްބެވި 10 މެންބަރުން ވަނީ އެ ކޯލިޝަނުގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒާ މެމްބަރޝިޕް ފޯމު ހަވާލު ކުރައްވައިފައެވެ.
ދެން ގުޅިވަޑައިގެންނެވި ތިން މެންބަރުން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމުން ޖަލްސާއަށް ވަޑައިނުގެންނެވުނީއެވެ.
ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އާއި ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދާއި އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދާއި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދު ޝަހީމް ޢަބްދުލްޙަކީމާއި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ މުޙައްމަދާއި ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން (ގިޓާ) އާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަޞީރު ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙްސިން ޙަމީދު (ޓޫފޯ) އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް ޢަލީއާއި ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޝިދު (ރާޑޯ) އާއި މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމެވެ.
ހައިތަމް ފިޔަވައި ދެން ތިއްބެވި 12 މެންބަރުންނަކީ މަޖިލީހުގައި މިހާރު ވެސް އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދަވާ މެންބަރުންނެވެ. ހައިތަމަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެ ޕާޓީން ވަކިވެވަަޑައިގެންނެވިތާ ދުވަސްތަކެއް ވެއްޖެއެވެ.
މި 13 މެންބަރުން ޕީއެންސީއަށް ސޮއިކުރެއްވުމާއެކު މަޖިލީހުގައި ޕީއެންސީގެ މެންބަރުންގެ އަދަދު 17 އަށް އަރާނެއެވެ.
2 Responses
ސިޔާސީ ވެށީގައި ގާނޫނާއި ގަވައިދަކީ ފައިސާއެވެ. ބައެއް ގައުމުތަކުގައި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރަން އައްޔަންކުރެވޭ ބޭފުޅުންނަކީ ގަނެ ވިއްކޭ ބައެއްގެ ގޮތުގައި ތިބޭކަށް ބޭނުމެއް ނުވެއެވެ. އެއީ ރައްޔިތުން ތަމްސީލުކުރަންތިބި ބަޔަކަށް ވީމައެވެ. ރައްޔިތުން އަބަދުވެސް ބޭނުންވާނީ ހަމަހިމޭން ފުދުންތެރި ދިރިއުޅުމަކަށް މަގު ފަހިކުރަން ސަރުކާރަށް ބާރު އަޅާނެ މަޖިލީހެކެވެ. ނީލަން ފިހާރައެއް ނޫނެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން އިންތިޚާބުކުރެވިފައިވާ މުއްދަތުގައި ދާއިރާ ބަދަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ގާނުނުއޮންނަނީ ފަރުމާކޮށްފައެވެ. އަހަރެމެންގެ ރާއްޖޭގައި މިފަދަ ގާނުނެއް ގެންނަން ޖެހުނު ވަގުތުގައި ގެނެވިފައެއް ނެތެވެ. ދެން މިހާރު އެކަންކުރެވިދާނެއެކޭ ނުބުނެވޭނެއެވެ.
މިފަހަރުވެސް ދީނަށްޓަކާ ގައުމަށްޓަކާ ރައްޔަތުންނަށްޓަކާ މިޖެހުނީ އެމްޑީޕީގައި ތިބި ކުލީ އެމްޕީންތަކެއް ގަންނާށެވެ. މަޖިލިސް އިންތިޚާބަށް އެންމެ 3 މަސްދުވަހަށްވެފާ އޮއްވާ ވަރަށް ދެރަކޮށް މިދަނީ! އާއެކެވެ. ތެދުވެރިކާއި ބުރަމަސައްކް ވެރީން ގަބޫލެއް ނުކުރެވެއެވެ. ވެރިކަން ލިބުމުން ދެން ބޭނުންވާނީވެސް ވެރިކަން ދަމަހަށްޓާއެވެ. އިބުރާހިމެއް ކާސިމެއް ތަފާތެއްނެތެވެ. އަވަހިއްޔާ އަވަހެވެ!