މެޑިޓެރޭނިއަން ކަނޑު ބަންދު ކޮށްލާފާނެ ކަމުގެ އިންޒާރު އީރާނުންދީފި

Loading

Facebook
Twitter
WhatsApp

ރޮއިޓާރސް އިން ޚަބަރު ދީފައިވާގޮތުގައި އެމެރިކާގެ ބައިވެރިވުމާއެކު ގައްޒާގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކާގުޅިގެން މެޑީޓެރޭނިއަން ކަނޑު ބަންދު ކޮށްލާން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުން ޙަމާސްއަށް ތާއީދު ކުރަމުން ދާއިރު ދުނިޔޭގެ ކަންކޮޅު ތަކުން ފާޑުކިޔަމުން ގެންދާއިރުވެސް އެމެރިކާއިން ގެންދަނީ އިސްރާއީލަށް ތާއިދާއި މަދަދުދީ ސީދާ އެހަނގުރާމާގައި ބައިވެރިއެއްގެ ގޮތުގައި ޙަރަކާތްތެރި ވަމުންނެވެ.

އެމެރިކާއިން އެހެން ގައުމުތަކުގައި އެ ހަނގުރާމައިގެ ތެރެއަށް ނުވަންނުމަށް ބުނާއިރު އެމެރިކާއަކީ ހަނގުރާމައިގެ ސިދާ ބައިވެރިކެވެ. އެގޮތުން އެމެރިކާއިން ހުރިހާ އިންތަކެއްވަނީ ގިރާކޮށްފައިކަމަށް އީރާނުން ބުފިއެވެ.             

“ ދާދިއަވަހަށް ޖިބްރޯލްޓަރ ކަނޑުއޮޅިވެސް ހިމެނޭގޮތުގައި މެޑިޓެރޭނިއަން ކަނޑާއި ސަރަޙައްދުގެ އެހެނިހެން ކަނޑުއޮޅިތައް ބަންދުވެގެން ދާތަން އެއުރެން ދެކޭނެއެވެ. އިއްޔެ ޚޮރްމޫޒް ކަނޑުއޮޅިއަކީ އެމެރިކާއިން ދެކެން ބޭނުންނުވާ ވަރުގެ ނައިޓްމެއަރ އަކަށްވެ މިހާރު އެތިބީ ރެޑްސީގައި ދަމާލާފާއޮތް ދަލުގެ މަޅިތަކަށް ރީތިކޮށް ބޯ މެހިފައެވެ. ”. އީރާނުގެ ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ރިޒާ ނަގްދީ އީރާނުގެ ރަސްމީ ނޫސް ތަސްނީމަށް ވިދާޅުވިއެވެ.

ޕާރޝިއަން ގަލްފުގައިނޫނީ އީރާނުގެ ކަނޑުގެ ސިފައިންގެ ބާރުވެރިކަން ގާއިމް ވެފާ ނެތުމުން މެޑިޓެރޭނިއަންކަނޑާއި ޖިބްރޯލްޓަރ ކަނޑުއޮޅި ބަންދުކުރުން ތަންފީޒުކުރާނެ ގޮތަކާއިމެދު ސުވާލު އުފެދެއެވެ.

އީރާނުގެ މަދަދު ލިބެމުންދާ ހިޒްބުއްލާހ ފަދަ ޖަމާއަތްތަކުގެ ބާރުގެ ދަށުގައި ދުރުރާސްތާއަށް ޙަމަލާދެވޭފަދަ ގާބިލުކަން ހުރިކަމަކަށް ނުބެލެވެއެވެ. މި ސަބަބުތަކަށްޓަކައި ބައެއް ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި ބްރިގޭޑިއަރ ޖެނެރަލް އެ އިޝާރާތް ކުރައްވަނީ ބާބުލް މަންދޫބާއި ހޮރްމުޒް ކަނޑުއޮޅިން އިން ދަތުރު ނުކުރެވޭގޮތް މެދުވެރި ކުރެވިއްޖެނަމަ މެޑިޓެރޭނިއަން ކަނޑާއި ޖިބްރޯލްޓަރ ކަނޑުއޮޅިއަން ބޮޑެތި ނޭދެވޭ އަސަރުތައް ކުރުމެވެ. 

މިދިޔަ ހަފުތާގެ ތެރޭގައިވެސް އިސްރާއީލުން ގުދުރަތީ ގޭސް ލިބިގަންނަ ވަސީލަތަކަށް އިރާގުގައިތިބި އީރާނުގެ މަދަދު ލިބޭ ޖަމާޢަތްތަކުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް ތަސްނީމުން ޚަބަރު ދީފައިވެއެވެ.  

ގައްޒާގެ ސިއްޙީ ވުޒާރާއިން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ވިހިހާސްމީހުން ޝަހީދުކޮށްލުމުގައި އިސްރާއީލަށް އެމެރިކާގެ ފުރިހަމަ އެއްބާރުލުން ދީފައިވާކަމަށް އީރާނުންގެންދަނީ ބުނަމުންނެވެ. 

ބައިނަލް އަގްމާމީ ފިއްތުންތަކާއި އެކުވެސް އިސްރާއީލުން ހަނގުރާމަ ހުއްޓުމުން އެމެރިކާއަށް ވަނީ ނުކުޅެދިފައެވެ. ހަނގުރާމަ ހުއްޓުވުމަށް ޔޫ.އެން ސިކިއުރިޓީ ކައުންސިލުން ނެރޭ ރިސޮލިއުޝަންތައްވެސް އެމެރިކާއިން ވީޓޯކުރަމުން ދަނީއެވެ. 

ހަމައެއާއިއެކު ރެޑްސީގެތެރޭގައި ދަތުރުކުރާ ބޯޓުފަހަރަށް އަމާޒުކޮށް ހޫތީ ހަނގުރާމަވެރިން ދެމުންގެންދާ ޙަމަލާތައް ހުއްޓުވުމަށް ކުރިމަތި ކުރަމުންގެންދާ ޕްރެޝަރވެސް ވަނީ އިތުރުވެފައެވެ. ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވިދާޅުވެފައި ވަރަށް އަވަހަށް އެ ސަޙައްދުގައި ކަނޑުމަތީގެ ދިފާއީ ލަޝްކަރެއް ގާއިމްކުރެވިބައިނަލް އަގުވާމީ މެރިޓައިމްއަށް އެއްވެސް ބަޔަކަށް ހުރަސް އަޅަން ފުރުސަތު ދެވިގެން ނުވާނެއެވެ.

އީރާނާއި އެމެރިކާގެ ބަސްމަގު ހޫނުވެ އީރާނުން މިއަދު އެންޓީޝިޕް ކުރޫޒް މިސައިލްވެސް ތައްޔާރީ ޚާލަތަށް ގެނެސްފައިވެއެވެ. އެ މިސައިލްއަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން 1000 ކިލޯމީޓަރަށް ޓާގެޓަށް ދަތުރުކުރާނެ މިސައިލްކަމާއި ދަތުރުކުރަމުންދާއިރު މިސްރާބު ބަދަލުކުރުމުގެ ގާބިލުކަންވެސް ލިބިގެންވާނެކަމަށް ބުނެފައިވެއެވެ.  



Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް