ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެންބަރުންގެ ވޯޓުން އެކަނި ވެސް ރައީސް މަގާމުން ވަކިކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހެޅުއްވި ޝިފާއު މިހެން ވިދާޅުވީ އެ އިސްލާހު ފާސްކުރި އާންމު ކޮމިޓީގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ޝިފާއު ވިދާޅުވީ މި އިސްލާހާ ގުޅިގެންނާއި މީގެއިތުރުން ރައްޔިތުން މިއަދު ސަރުކާރާމެދު ފާޅުކުރަމުންދާ ޚިޔާލުތަކާއެކު ޔަގީންވެ ކަށަވަރުވާ ކަމަކީ މިއަދު މަޖިލީހުން އެންމެ އިސްކަމެއްދީގެން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ރައީސް ޑރ.މުޢިއްޒު މަގާމުން ވަކިކުރުމުގެ މަސައްކަތް ކަމަށާއި އެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވީ ނޮވެންބަރު 17 ގައެވެ. މަޖިލީހުގެ ދައުރު ނިމުމާ ގާތްވެފައިވާއިރު ރައީސް މަގާމުން ވަކިކުރުމަކީ އެމްޑީޕީއަށް ވަރަށް ފަސޭހަކަމަކަށް ވާނެއެވެ. ސަބަބަކީ މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑީޕީގައި އޮތުމެވެ.
One Response
ކަނޑުވިއްކާލާ، އެކަމާބެހޭ ލިޔުން ސިއްރުކޮށް، ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރިމީހުން ޝަރީޢަތަށް ހުށަނާޅާ ދޫކޮށްލާ، އެމް،އެމް ޕީއާރުސީގެ އެންބޮޑު ޚިޔާނާތްތެރިވި އެތައްސަތޭކަ މީހުން އަތުން ޚިޔާނާތުގެ ފައިސާ ނުހޯދާ، އެންމެ ބޮޑުމުޖުރިމުން ދޫކޮށްލާ މިހުރިހާ ކަމެއް ރައީސް ސާލިހު ކޮށްފަވާއިރު އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން ކަހާތަން ހިރުވައިވެސްނުލާ.
ނަމަވެސް، އެމް.ޑީ.ޕީ މަޖިލިސްގެ މެމްބަރުން ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތަށް އެއްމަސްވީތަނާ، ރައީސްކަމަށް ތަނާޒުލްކުރަން ލޮލަށް ނިދިނައިސްގެން ގައުމަށް ގައްދާރުވަނީ.