ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮރިން ސެކްރެޓަރީގެ މަގާމަށް މައްޗަންގޮޅި ރެސްޓިންގ ހައުސް ފާޠިމަތު އިނާޔާ މިއަދު އައްޔަން ކުރައްވައިފިއެވެ.
ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަން ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައި މިހާތަނަށް ހުންނެވި އިނާޔާއަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފަހަރެވެ.
![]()
