އިސްރާއީލަށް ދަތުރުކުރާ ކޮންމެ އުޅަނދަކީވެސް ޓާގެޓެއް: ޔަމަން

Loading

December 10, 2023
profile
Facebook
Twitter
WhatsApp

އިސްރާއީލަށް ދަތުރުކުރާ ކޮންމެ އުޅަނދަކީވެސް ޓާގެޓެއްކަމަށް ޔަމަނުގެ ސަރުކާރު ހިންގުމާއި ހަވާލުވެތިބި ހޫތީ މުޖާހިދީން ބުނެފިއެވެ. 

”އިސްރާއީލުގެ ބަނދަރުން އަދި އިސްރާއީލުގެ ބަނދަރަށް ދަތުރުކުރާ ކޮންމެ އުޅަނދަކީވެސް ޓާގެޓެއް. ކޮންމެ ގައުމެއްގެ އުޅަނދެއް ކަމުގައިވީނަމަވެސް ވަރިހަމަ.“ ހޫތީން ބުންޏެވެ. 

ހޫތީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެ ފަހުން އެމީހުން ހިންގި ކެމްޕެއިނުގެ ކާމިޔާބީއަށް ބަލައި، ރަތް ކަނޑާއި ގަލްފް އޮފް އޭޑެން އިން ދަތުރުކުރާ ކޮންމެ އުޅަނދެއް، އެދަނީ އިސްރާއީލަށް ނުވަތަ އަންނަނީ އިސްރާއީލުންކަން ދެނެގަނެވުމާއެކު، ކޮންމެ ގައުމެއްގެ ދިދައެއް ޖަހައިގެން ދަތުރުކުރިނަމަވެސް އަތުލައިގަންނާނެކަމަށެވެ. އެގޮތުން، ފާއިތުވެދިޔަ ހަފްތާތަކުގައި ހޫތިންވަނީ އިސްރާއީލުގެ އާގު ބޯޓުތަކާއި މުދާ އުފުލާ ބޯޓުތަކުގެ ދަތުރަށް ހުރަސްއަޅައި، އިސްރާއީލުގެ ބައެއް އުޅަނދުތައް ހަލާކުކޮށްލުމުގެ ކެމްޕެއިނެއް ހިންގާފައެވެ. އިސްރާއީލުގެ ދިފާޢުގައި، އަރަބި ގައުމުތަކުން ޔަމަނުގެ ހޫތީންނާއި ދެކޮޅަށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަދި ބްލޫމްބާގް ނޫހުން ރިޕޯޓުކޮށްފައިވާގޮތުގައި ސައުދީ އަރަބިއާއާއި ޔޫއޭއީއިން ހޫތީންނަށް ހަމަލާދިނުމަށްޓަކައި ބައިޑެންއާއެކު މަޝްވަރާކުރަމުން އަންނަކަމުގެ އަޑުތަކެއް އަރާފައިވެއެވެ. 

Loading

One Response

  1. މީގެކުރިން ވެސްތިފަގުޑި އެޅި އިބުލީހުގެ ރަށުގެ މީހުން ހޫތީންނާއި ދެކޮޅަ ހަގުރާމަކުރި ކަޅުފުށީ ކަލޭގެ ގައިގާ ލީކޮކޮޑި ވަރުވެސް ނުވޭ

Leave a Reply

ފަހުގެ އަޕްޑޭޓް