ވިކީ، ކެޓްރީނާއަށް ޕްރޮޕޯސްކުރީ ކައިވެނީގެ އެއްދުވަސް ކުރިން

Loading

December 8, 2023
sandhaanu news
Facebook
Twitter
WhatsApp

ސިއްރުން އެތަކެއް ދުވަހު ރަށްޓެހިވެގެން އުޅުމަށްފަހު، 2021 ވަނަ އަހަރު ކައިވެނި ކުރި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ވިކީ ކައުޝަލް، 35އ  ކެޓްރީނާ ކައިފް 40އ އަށް ޕްރޮޕޯސްކުރީ ކައިވެނީގެ އެއްދުވަސް ކުރިން ކަމަށް ވިކީ ބުނެފިއެވެ.

ކޮފީ ވިތް ކަރަންގެ މި ހަފްތާގެ އެޕިސޯޑުގައި ވާހަކަދައްކަމުން ވިކީ ބުނީ އޭނާ ކެޓްރީނާއަށް ޕްރޮޕޯޒް ކުރީ ރާޖިސްތާނުގައި އެ ދެ މީހުންގެ ކައިވެނީގެ އެއް ދުވަސް ކުރިން ކަމަށެވެ. ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އިންޑިއާގެ ރާޖިސްތާނުގެ މަޝްހޫރު ހޮޓެލް ސިކް ސެންސަސް ފޯޓް ބަރްވަރާގައެވެ. ކުލަ ގަދަ ކައިވެނީގެ ހަފްލާއަކަށްފަހު އެ ދެމަފިރިންގެ ހަނީމޫން ހޭދަ ކޮށްފައި ވަނީ ރާއްޖޭގައެވެ.

މީގެ އިތުރުން އެ ދެމީހުންގެ ގުޅުން ރަސްމީކޮށް އާންމުންނަށް ހާމަ ކޮށްފައިވަނީވެސް ކައިވެންޏަށް ފަހު އެވެ. ކައިވެންޏަށްފަހު އެ ދެ ތަރިންވެސް ދަނީ އިންޓަވިއުތަކުގައި އެ މީހުންގެ ލޯބީގެ ވާހަކަ ތައް ހިއްސާކުރަމުންނެވެ. ހޮންގްކޮންގް އަށް އުފަން ކެޓްރީނާ ކައިފް ބޮލީވުޑާއި ގުޅިފައިވަނީ 2023 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ އަކީ މަޝްހޫރު މޮޑެލްއެކެވެ. ވިކީ ބޮލީވުޑާއި ގުޅިފައި ވަނީ 2012 ވަނަ އަހަރުއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް