ޔޫއެން އޮފިޝަލުގެ ވިސާ ބާތިލުކުރުމުން އިސްރާއީލަށް ހަމާސްގެ ފާޑުކިޔުން

Loading

December 7, 2023
profile
Facebook
Twitter
WhatsApp

ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ހިޞާރުވެރި ސަރުކާރުން ހިންގަމުންގެންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލުން ދައްކާ ވާހަކަތައް ގަބޫލުކުރުމަށް ދެކޮޅު ހެދުމާއި ގުޅިގެން އެކުވެރި ދައުލަތުގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރ ލިން ހޭސްޓިންގްސްގެ ވިސާ ބާޠިލުކޮށްފައިވާތީ، ހަމާސްއިން ނުރުހުން ފާޅުކޮށްފިއެވެ. 

އިސްރާއީލުގެ މިނިންމުން ހަމާސްއިން ސިފަކުރީ ”ކިބުރުވެރި“ ނިންމުމެއްގެ ގޮތުގައެވެ. ”ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޒަޔަނިސްޓުން ހިންގާ ގަތުލުއާންމާއި ނަސްލު ފުހެލުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ހަގީގަތް އޮޅުވާލުމަށްޓަކައި އެމީހުން ގެންދަނީ ދޮގު މައުލޫމާތު ފަތުރަމުން.“ ހަމާސްއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

ހަމާސްއިން ވަނީ ޔޫއެން ހިމެނޭގޮތަށް ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން އިސްރާއީލުގެ ބިރުދެއްކުމާއި އިހުތިރާމުކަންކުޑަ އަމަލުތަކާއި ދެކޮޅަށް އަޑު އުފުލުމަށް ގޮވާލާފައެވެ. 

ލިން ހޭސްޓިންގްސްގެ ވިސާ ކެންސަލްކޮށްފައިވާކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ޚާރިޖީ ވަޒީރު އެކްސްގައި ޝާއިއުކުރި ޓްވީޓެއްގައެވެ. ހޭސްޓިންގްސްއަކީ އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި ދެކޮޅަށް އަޑުހަރުކޮށް ވާހަކަ ދައްކައި، ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ހޯދުމަށް ވަކާލާތުކުރަމުން އަންނަ ބޭފުޅެކެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް