ބޮއިކޮޓުގެ ސަބަބުން ސްޓާބަކްސްއަށް 11 ބިލިއަން ޑޮލަރުގެ ގެއްލުންވެއްޖެ

Loading

December 7, 2023
profile
Facebook
Twitter
WhatsApp

މަޝްހޫރު ކޮފީވިއްކާ ފްރެންޗެއިޒް، ސްޓާބަކްސްގެ ސްޓާބަކްސް އިންކްއަށް ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި 10.98 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންވެފައިވާކަމަށް ހިއްސާގެ ބާޒާރުގެ ހިސާބުތަކުން ދައްކައިފިއެވެ. 

ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ދެކޮޅަށް ދުނިޔޭގެ ރައްޔިތުން ހިންގަމުންގެންދާ ބޮއިކޮޓް ހަރަކާތާއި، އެކުންފުނިތަކުގެ މުވައްޒަފުން ކުރަމުންގެންދާ ހަޅުތާލުތަކުގެ ނަތީޖާއެއްގެ ގޮތުން އެކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. 

އިޖުތިމާޢި އެތައް މައްސަލައަކާއި ހުރި ދުނިޔޭގެ ބާޒާރުގައި ހޫނުފެނަށް ވެއްޓިފައިވާ ސްޓާބަކްސްގެ ހިއްސާދާރުން އެމީހުންގެ ހިއްސާތައް އަނބުރައި ގެންދަމުން ދިޔުމާއެކު، 1992 ވަނަ އަހަރުއްސުރެ ބާޒާރުގައި އަގު ހިފެހެއްޓިފައި އޮތް ސްޓާބަކްސްގެ އަގުވެއްޓި، ކުންފުންޏަށް އެތައް ބިލިއަން ޑޮލަރުގެ ގެއްލުންވަނީ ދައްކާފައެވެ. ނޮވެމްބަރު 16 ވަނަ ދުވަހުގެ ފަހުން، 19 ދުވަހުގެ ތެރޭގައި އެކުންފުނީގެ ހިއްސާ 8.96 އިންސައްތަ ދަށަށް ވަނީ ގޮސްފައެވެ. މީގެއިތުރުން، އެމެރިކާގެ ސިއެޓްލްއާއި، ވޮޝިންގްޓަންގެ ފިހާރަތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަންނީ ފަލަސްތީނާއި

އެކުގައި ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ހަޅުތާލުވެސް ކުރަމުންނެވެ. އަދި ސްޓާބަކްސްގެ ގާނޫނީ ޓީމުން އެމީހުންނާއި ދެކޮޅަށް ގަނޫނީ ފިޔަވަޅު އެޅުމާއެކު، އެކުންފުންޏަށް އަމާޒުވެފައިވާ ފާޑުކިޔުން އިތުރުވެގެން ދިޔައެވެ.

ސްޓާބަކްސްގެ ސޭލް ދައްވާން ފެށުމާއެކު، އެކުންފުނިންވަނީ ބަންދު ދުވަސްތަކާއި ދިމާކޮށް ހިންގާ ޕްރޮމޯޝަންތަކެއް ކަމަށްބުނެ ވިޔަފާރި އިތުރުކުރުމަށް ޕްރޮމީޝަންތަކެއް ހިންގަން ފަށާފައެވެ. އެކަމަކު، ބޮއިކޮޓްގެ ކޮޅު މާ ވަރުގަދައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް