އިރާނުން ކަނޑުއަޑީގެ ޑްރޯންއެއް ތައްޔާރުކުރަނީ

Loading

December 7, 2023
profile
Facebook
Twitter
WhatsApp

ނޭވަލް މައިންތައް ދެނެގަނެ، އެއަށް ހަމަލާދީ، ހަލާކުކޮށްލުމުގެ ކުޅަދާނަކަން ހުންނަ އަންމޭންޑް އަންޑަރވޯޓާ ވިހެކަލް (ޔޫޔޫވީ) އިރާނުގެ ނޭވީއިން ދައްކާލައިފިއެވެ.

އިރާނުން އެގައުމުގައި އުފެއްދި މި ކަނޑުއަޑީގައި އޮޕްރޭޓްކުރާ ޑްރޯންއަކީ މީހަކާއިނުލައި ދުއްވޭ އުޅަނދެކެވެ. މި އުޅަނަދުން ކަނޑުއަޑީގައި ހުންނަ ގިނަ އަދަދެއްގެ މައިންތައް ދެނެގަނެ ހަލާކުކޮށްލެވޭއިރު، އިރާނުގެ ޔޫޔޫވީއަކީ 24 ގަޑިއިރު ކަނޑުއަޑީގައި ހޭދަކުރެވޭ 200 މީޓަރު އަޑިން ދަތުރުކުރެވޭ އުޅަނދެއްވެސް މެއެވެ. ޕާޝިއަން ގަލްފަކީ އެހައި ފުން ކަނޑަކަށް ނުވުމުން، 10 މީޓަރާއި 50 މީޓަރުގެ ފުންމިނުގައި މައިންތައް ހުރެއެވެ.

މިފަދަ މައިންތަކަކީ 250 ޓަނާއި ގާތްކުރާ ބުރަދަނުގެ އުޅަނަދުތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ބާރު ހުންނަ މައިންތަކެކެވެ. މައިންތައް ނައްތާލާ ނިޒާމެއް އިރާނުގެ ނޭވީއިން ތައާރަފްކޮށްފައިވަނީ 2013 ވަނަ އަހަރުގައެވެ.

މި ނިޒާމަކީ ހަމައެކަނި އިލެކްޓްރޯމެގްނެޓިކް ސިގްނަލް ބޭނުންކޮށްގެން މައިން ގޮއްވާލާ ނިޒާމެކެވެ. އަދި އެގައުމުން ސޮނިކާއެކު އިލެކްޓްރޯމެގްނެޓިކް ސިގްނަލް ބޭނުންކޮށްގެން މައިންތައް ނައްތާލާ އައު ”މައިންސްވީޕިންގް ކިޓް“ އެއް ތައާރަފްކުރީ އޭގެ އެއްއަހަރު ދުވަސް ފަހުންނެވެ. އާރްއެޗް ހެލިކޮޕްޓަރުތަކުގެ އެހީގައި އުފުލާ މި ސިސްޓަމުން މޮޅެތި ސީބެޑް މައިންތައް ނައްތާލެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް