އިރާނުގެ ފުރަތަމަ ބަޔޯ-ސްޕޭސް ކެޕްސޫލް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފި

Loading

December 7, 2023
profile
Facebook
Twitter
WhatsApp

ސަލްމާން ލޯންޗު އުޅަނދެއްގެ އެހީގައި އިރާނުގެ ފުރަތަމަ ބަޔޯ-ސްޕޭސް ކެޕްސޫލް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލައިފިއެވެ. ބަޔޯސައިންސްގެ ދާއިރާގެ ރީސާޗަށް އެހީތެރިވުމަށްޓަކައި މުސްލިމް ގައުމަކުން ތައްޔާރުކޮށް ފޮނުވާލި ފުރަތަމަ މިފަދަ ކެޕްސޫލް އިރާނުން ޖައްވަށް ފޮނުވާލާފައިވަނީ ބުދަދުވަހުގައެވެ.

މި ކެޕްސޫލަކީ 500 ކިލޯގެ ބަރުދަނެއް ހުންނަ ކެޕްސޫލެކެވެ. އަދި ދުނިޔޭގެ ބިމުން 130 ކިލޯމީޓަރު މަތީގެ އޯބިޓަކަށް ސަލްމާން ލޯންޗަރުގެ އެހީގައި މި ކެޕްސޫލް ވާސިލުކޮށްފައިވަނީ 10 އަހަރުދުވަހުގެ ލަސްވުމަކަށް ފަހުގައެވެ. 

މި ޕްރޮޖެކްޓަކީ އިރާނިއަން ސްޕޭސް އޭޖެންސީ (އައިއެސްއޭ) ގެ އިސްނެގުމުގެ މަތީން ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެކެވެ. މިގޮތުން، އައިއެސްއޭގެ ރައީސް ހަސަން ސަލަރިއޭ އާއި ހަވާލާދީ ހަބަރުތަކުން ބުނެފައިވަނީ މި ކެޕްސޫލް ތައްޔާރުކޮށްފައިވަނީ އެރޯސްޕޭސް ރީސާޗް އިންސްޓިޓިއުޓާއި، އިރާނުގެ މިނިސްޓްރީ އޮފް ސައިންސް ގުޅިގެން ކަމަށެވެ. 

މީގެއިތުރުން، ފާސް ނިއުސް އޭޖެންސީއިން ރިޕޯޓުކޮށްފައިވާގޮތުގައި، ސަލްމާން ލޯންޗަރަކީ އިރާނުގެ ޑިފެންސް މިނިސްޓްރީއިން ހިންގާ އެރޯސްޕޭސް އިންޑަސްޓްރީސް އޯގަނައިޒޭޝަނުން ތައްޔާރުކޮށްފައިވާ ކެޕްސޫލެކެވެ. ދިރިހުރި މަޚްލޫގަކާއެކު އިރާނުން ޖައްވަށް ފޮނުވާލި ފުރަތަމަ ބަޔޯ-ކެޕްސޫލް ފޮނުވާލާފައިވަނީ 2010 ވަނަ އަހަރުގައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް