ޖިންސީ އަޅުންގެ ރިންގެއް ގެންގުޅުނު ޔޯގާ ގުރޫ ހައްޔަރުކޮށްފި

Loading

December 5, 2023
profile
Facebook
Twitter
WhatsApp

ބައިނަލްއަޤްވާމީ ތާންތްރިކް ޖިންސީ އަޅުންގެ ރިންގެއް ގެންގުޅުނު ޔޯގާ ގުރޫއެއް ހައްޔަރުކޮށްފިއެވެ.

ހައްލައިގެން، މީހުންގެ ހުއްދަ ދިނުމުގެ ހައްގު ނަގާލައި، މީހުން އަޅުވެތިކޮށްގެން ގެންގުޅުނު ރޫމޭނިއާއަށް ނިސްބަތްވާ މި މީހާ ހައްޔަރުކޮށްފައިވަނީ ފްރާންސުގެ ޕެރިހުގައި ހިންގި ރެއިޑެއްގައެވެ.

175 އޮފިސަރުންގެ ބޮޑު އޮޕަރޭޝަނެއްގައި، އުމުރުން 71 އަހަރުގެ ގްރެގޮރިއަން ބިވޮލަރު ހައްޔަރުކުރީ އިތުރު 40 މީހުންނާއެކުގައެވެ. އޭނާ ހިނގި ރިންގުގައި އުމުރުން ދޮށީ ފުރައިގެ އެތައް ބަޔަކު ތިބިއިރު، ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ރައްޔިތުން ތިއްބެވެ. އެގޮތުން، ރޫމޭނިއާއާއި، ސްވީޑެން އާއި ފްރާންސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. 

އެތައް ސަތޭކަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ރިންގަކީ ގިނަ އަދަދެއްގެ ޔޯގާ ސްކޫލްތައް ހިންގާ ގްރޫޕެކެވެ. އެގޮތުން، ގުރޫގެ ޝަރަފުގައި އެއްފަހަރާ ގިނަ ބަޔަކު ޖިންސީ ގުޅުން ހިންގައި، ބަރަހަނާ ފޮޓޯ ނަގައި އެ ވިއްކައިގެން އެމީހުންގެ ކަންކަމަށް ޚަރަދުކުރުމަށް ފައިސާ ގިނަ ކުރާކަން ވަނީ ފާހަގަ ކުރެވިފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް