މިދިޔަ ހުކުރު ދުވަހުގެރޭ އައްޑޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 4 މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މި މާރާމާރީއާ ގުޅިގެން
ހައްޔަރުކޮށްފައިވަނީ 4 ދިވެހިންނެވެ.
އެއީ 18 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ 30 އަހަރުގެ ފިރިހެނަކު ވަނީ ޒަޚަމްކޮށްލާފައެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އޭނާއަށް އިތުރު ފަރުވާ ދިނުމަށް ވަނީ މާލެ ގެނެސްފައެވެ.
![]()
