ޗާގޯސް އަނބުރާ މޮރިޝަސްއަށް ރައްދުނުކުރުމަށް އިނގިރޭސިވިލާތުން ނިންމައިފި

Loading

December 4, 2023
profile
Facebook
Twitter
WhatsApp

ޗާގޯސް އައިލެންޑް އަނބުރައި މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސިވިލާތުން ކުރިން ވާހަކަދެއްކި ނަމަވެސް, އެގައުމުގެ ސެކްރެޓަރީ އޮފް ޑިފެންސް، ގްރާންޓް ޝްނަޕްސްގެ ލަފާގެ މަތީން އެވިސްނުން ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. 

1814 ވަނަ އަހަރުއްސުރެ އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސް މޮރިޝަސްއަށް އަނބުރާ ދިނުމަށް ތައްޔާރުކުރަމުންދިޔަ ”ސައިޕްރަސް ޑީލް“ ހުއްޓުމަކަށް ގެނެސްފައިވަނީ ޚާރިޖީ ވުޒާރާއިން އެކަމަށް ހުރަސްއެޅުމުންނެވެ. 

އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮންނަ އޮތުމަކީ ގާނޫނާއި ޚިލާފުކަމެއްކަމަށް ބުނެ އެކުވެރި ދައުލަތުން ވަނީ ޗާގޯސް އަނބުރައި ރައްދުކުރުމަށް ގޮވާލާފައެވެ. އިންޑިއާ ކަނޑުގައި، ދިވެހިރާއްޖޭގެ ދެކުނުން 310 މޭލު ބޭރުން އޮންނަ ޗާގޯސް އައިލެންޑްސްގެ ޑިއެގޯ ގާސިއާގައި އަސްކަރީ ބޭސްއެއް ހިންގުމަށް އިނގިރޭސިވިލާތުން އޮންނަނީ އެމެރިކާއަށް އެރަށް ކުއްޔަށް ދީފައެވެ. އަދި މެދުއިރުމައްޗަށް ބޮމުގެ ހަމަލާތައް ދިނުމަށް އެމެރިކާއިން އަންނަނީ މި ބޭސް ބޭނުންވެސް ކުރަމުންނެވެ.

ދުނިޔޭގެ މެޕުގައި ޗާގޯސް އައިލެންޑްސް ފަވާލާފައިވަނީ އިނގިރޭސިވިލާތުގެ އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައެވެ. ޗާގޯސްގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އެތައް އަހަރެއްވީ މައްސަލައެކެވެ.

މިގޮތުން، މޮރިޝަސްއިން ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓަށް މިމައްސަލަ ހުށައަޅާ، 2019 ވަނަ އަހަރު އެކޯޓުން ނެރުނު އަމުރެއްގައި ޗާގޯސްގެ މައްޗަށް އިނގިރޭސިވިލާތުގެ ގާނޫނީ އެއްވެސް ހައްގެއް ނެތްކަމަށް ބުނުމާއެކު، އެކުވެރި ދައުލަތުންވެސް ވަނީ އެކޯޓުގެ ނިންމުން ދަމަހައްޓާފައެވެ. އެކުވެރި ދައުލަތުގެ އާންމު މަޖިލީހުގެގައި ބައިވެރިވި ގިނަ ގައުމަކުން އެނިންމުން ދެމެހެއްޓުމަށް ވޯޓު ދިންއިރު، އެމެރިކާއާއި އޮސްޓްރޭލިއާއިން ވޯޓު ދީފައިވަނީ އިނގިރޭސިވިލާތާއި އެއްކޮޅަށެވެ. އިނގިރޭސިވިލާތުން ތައްޔާރުކުރަމުން އައި ސައިޕްރަސް ޑީލްގެ ދަށުން، އިނގިރޭސިވިލާތު ސަރުކާރުން ޑިއެގޯ ގާސިއާގެ މިލިޓަރީ ބޭސް ބޭނުންކުރުމުގެ ބަދަލެއްގެ ގޮތުން މޮރިޝަސްއަށް 2 ބިލިއަން ޑޮލަރު ދޭންޖެހޭނެއެވެ. ނަމަވެސް، އޮގަސްޓު މަހު މަގާމާއި ހަވާލުވި ޝަޕްސް ވަނީ ޔޫއެން އާއި އައިސީޖޭގެ ނިންމުން ގަބޫލުނުކުރާކަމަށްބުނެ މި ޑީލްއަށް ނޫނެކޭ ބުނެފައެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް