އެމެރިކާގެ އެންމެފަހުގެ އިންޒާރު އިސްރާއީލަށް “ ހަނގުރާމަ ހުއްޓާލާ ”

Loading

Facebook
Twitter
WhatsApp


މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ މަދަދު ބޭނުންވި ކޮންމެ ވަގުތަކު ބޭނުންވި ވަރަކަށް ބޭނުންވި ސިފައެއްގައި ލިބިދޭނެ ކަމުގެ ވައުދުތަކާއި އަޙްދުތަކަށް މިވީ ކިހެނެއް ހެއްޔެވެ؟ 

އިސްރާއީލުގެ ކުރިމަތީގައިވެސް އެމެރިކާގެ ދެފުށް ދެގޮތް ސިޔާސަތު ހާމަވެގެން ދިޔައީ ހެއްޔެވެ؟ ނުވަތަ ދެން ކުރިއަށް ދެވިދާނެ މަގެއް ނުފެނުނީ ހެއްޔެވެ؟ ނުވަތަ އަރަބި ގައުމުތަކުގެ ބޮލަށް އިތުރަށް ސަވާރުވާން ހިޔަޅުގެ ވިސްނުމަކަށް ފުރުސަތު ހޯދަން އިތުރުވަގުތު ބޭނުންވަނީ ހެއްޔެވެ؟ 

މިއީ ބައިނަލް އަގްވމީ މީޑިއާތަކުގައި އެންމެ ގަދަ ރަތް އަކުރުން މިހާރު ލިޔެވެމުންދާ ސުރުޚީތަކެވެ.                                       

ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުޚީއަކަށް މި ޚަބަރުވެގެން ދިޔައީ އެމެރިކާގެރައީސް ބައިޑްން އާއި ނައިބު ރައީސް ކަމަލާ ހަރިސް އާއި ޚާރިޖީ ވަޒީރު ބްލިންކަން ދެއްވި މި އިންޒާރާ ގުޅިގެންނެވެ. 

އެކަމަކު މިއީ އިސްރާއީލަށް މުހިންމު އިންޒާރަކަށް ނުވިއެވެ. އެމީހުންގެ ޙަމަލާތަކަށާއި ބަސްމަގަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ވާނީވެސް އެހެންތާއެވެ. އެމެރިކާގެ ބަހާއި ޢަމަލު ބަދަލުވާގޮތާއި ވަގުތު އެންމެ ރަނގަޅަށް ދެނެގަނެވޭނީ އިސްރާޢީލީ ޒައަނިސްޓުން ނަށެވެ.                                                               

އެމެރިކާގެ ރައީސްގެ ބަދަލުގައި ކޮޕް-28 ގެ ބައްދަލުވުން ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އެމެރިކާގެ ނައިބު ރައީސާ ކަމަލާ ހަރިސް މިސްރުގެ ރައީސް އަބްދުލް ފައްތާޙް އަލް ސީ ސީ އާއިއެކު ދެއްކެވި ވާހަކަފުޅުގައި މިހާރު ހިނގަމުންދާ އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ހުއްޓުވުމަށްފަހު އެމެރިކާއިންކަނޑައަޅާފައިވާ ސިޔާސަތު ހާމަ ކުރައްވައިފިއެވެ. އަދި ކޮޕް-28 ގެ ޕްލެޓްފޯމުގައި ވާހަކަފުޅު ދައްކަވަމުންވެސް އެމެރިކާގެ މި ސިޔާސަތު އެކަމަނާ ތަކުރާރު ކުރެއްވިއެވެ. 

އެކަމަނާ ހާމަކުރެއްވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް މަޖުބޫރުކުރުވައިގެން ގަދަކަމުން އެމީހުންގެ ވަޒަނުން ބޭރުކުރުމާއި ގައްޒާގެ ޗާޓަށް ބަދަލުގެނައުން އެއްވެސް ޙާލަތެއްގައި އެމެރިކާއިން ހުއްދަ ނުކުރާނެ ކަމަށެވެ.އިސްރާއީލުން ފަލަސްތީނުގެ ގައްޒާއާއި އެހެނިހެން ތަންތަނަށް ދީފައިވާގެއްލުންތައް އަލުން ރަނގަޅުކޮށް ހޮސްޕިޓަލްތައް ގާއިމް ކުރުމަށް ބައިނަލް އަގްވާމީ ގޮތުން ބާރު އަޅުއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންވެއްޓެއް ގާއިމްކޮށް މިނިވަން ސިޔާސީ އުދަރެއްގެ އަލިވިލުން ގެނެސްދިނުމަށްޓަކައި އެމީހުންގެ އަމިއްލަ ދައުލަތެއް ވުޖޫދުކުރުން ހިމެނެއެވެ.                    

ދުބައިގާ ކުރިއަށްދާ ކޮޕް-28 ގެ ބައްދަލުވުންތަކުގެ މޭޒުމައްޗަށް އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ މިހާރު އޮތީ ފެތުރިފައެވެ.

އެއް ހަފުތާގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށްފަހު ސުލްޙައިގެ ވާހަކަތައް ހުއްޓާލާފައި އަލުން ވައިގެ ޙަމަލާތައް އިސްރާއީލުން ފެށުމުން އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ކޮޕް-28 ގައި ބައިވެރިވެ ވަޑައިގަންނަވާ އީރާނުގެ ބޭފުޅުން ވަނީ އެ ބައްދަލުވުމުން ނިކުމެ ވަޑައިގެންފައެވެ.

އަދި އިސްރާއީލުގެ ރައީސްވެސް ވަނީ އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަން ބޭނުންނުވާކަމަށް ވިދާޅުވެފައެވެ.             

ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމުގެ ވާހަކަ ނުދައްކައި މި ބައްދަލުވުން ކުރިއަށް ނުގެންދެވޭނަކަމަށެވެ. އަދި އެވާހަކަފުޅަށް ކިއުބާއާއި ކޮލޮމްބިއާގެ ރައީސުންގެ އިތުރަށް ގިނަ ގައުމުތަކަކުން ތާއީދު ލިބި ވަޑައިގެންނެވިއެވެ.  

https://news.sky.com/video/israel-hamas-war-israelis-and-palestinians-must-enjoy-equal-measures-of-prosperity-and-freedom-says-kamala-harris-13021359

Loading

One Response

  1. ހުސް ދޮގު. ފައިސާ އާއި ހަނގުރާމައިގާ ފުރިހަމައަށް ބައިވެރިވެ ބަޔަކު ސުންނާފަތި ކޮއްފާ މާރަނގަޅު ހެޔޮއެދިގެން!? ހުންނަ ނުލަފާ ކަން ދެކެ ބަލާ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް