ޕްރޮގްރެސިވް ކޮންގްރެސްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރުމަށް ހުޅުވާލައިފި

Loading

December 1, 2023
sandhaanu news
Facebook
Twitter
WhatsApp

މާލޭގެ މޭޔަރު އަދި އެ ކައުންސިލްގެ ތިން ދާއިރާއެއްގެ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ޕާޓީގެ ފަރާތުން ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މި މަހުގެ 9 ވަނަ ދުވަހު ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

މިގޮތުން އެ ކޯލިޝަނުގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހު 04 ވަނަ ދުވަހުގެ ކުރިން ދޮންމަނިކު ސްކައި ވިއުގެ ގްރައުންޑް ފްލޯގައި ހުންނަ ޕީއެންސީ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެދިފައިވެއެވެ.

މާލެ ސިޓީގެ މޭޔަރު ކަމާއި މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމު ހުސްވެފައި މިވަނީ ކުރިން މޭޔަރުކަން ކުރައްވަމުން ގެންދެވި ޑރ. މުހައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވުމާއި ގުޅިގެންނެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ ގޮނޑި ހުސްވެފައި ވަނީ ސަރުކާރު މަޤާމުތަކަށް އައްޔަނު ކުރުމާއި ގުޅިގެން ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް