ގައުމުތަކުގެ މެދުގައި ޖެހޭ އެންމެހައި މައްސަލަތަކުގައިވެސް ބައިނަލްއަޤްވާމީ ޤާނޫނު ނަގަހައްޓަންޖެހޭކަމަށާއި، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާއި، ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައަކީ ވަރަށް ތަފާތު ދެހަނގުރާމައެއްކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ބުނެފިއެވެ.
ނޭޓޯއިން ނެރުނު މިބަޔާނާއެކު، ނޭޓޯއަށް ބޭނުންވާ ގައުމުތައް ދިފާއުކޮށް ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓުމަށް ގޮވައިލާނެކަމާއި، ނޭޓޯއިން ބޭނުންނުވާ ގައުމުތަކުގެ ރައްޔިތުން އާންމުކޮށް ޤަތުލުކުރަމުން ދިޔަނަމަވެސް އެމީހުންގެ ހައްގުގައި ނުތެދުވާނެކަން ހާމަވެއްޖެއެވެ. އަދި އާންމު ދުނިޔޭގެ ޚިޔާލަށްވެސް ނޭޓޯގެ ފިކުރެއް ނެތްކަންވެސް ސާފުވެއްޖެއެވެ.
އެމެރިކާގެ ގްލޯބަލިސްޓުން ހިންގާ ނޭޓޯއަކީ އެއްބަސްވުންތަކާއި، ސުލްހައާއި އަމާންކަމާއި، މަޝްވަރާއާއި، ކުޑަކުދީންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަތައް ފަހުމްކުރެވޭނެ ބައެއް ނޫނެވެ. އެމީހުންނަށް އެނގޭނީ ހަތިޔާރުގެ ބާރު އެކަންޏެވެ.
ރަޝިއާ ފަދައިން، ހަމަލާއެއް ދީފިނަމަ ބަދަލުގެ އެއަށްވުރެ ބޮޑު ހަމަލާއެއް ދެވޭފަދަ ބާރެއްހުރި ގައުމެއްނަމަ ނޭޓޯއިން އެބަޔަކާ އަޅައެއް ނުލާނެއެވެ. އެހެންނަމަވެސް، ބައިނަލްއަޤްވާމީ މަސްރަހުގައި ބަލިކަށި ގައުމެއްނަމަ، ފަލަސްޠީނު ރައްޔިތުންނާއި ކުޑަކުދީން ޤަތުލުކުރަމުންދާގޮތަށް ޤަތުލުކުރިނަމަވެސް އަޅައެއް ނުލާނެއެވެ.
ނޯތު ކޮރެއާއާއި، އިރާނު، ގައުމެއްގެ ގޮތުގައި އެއޮންނަނީ މި ސަބަބަށްޓަކައެވެ. އެމީހުންގެ އަތުގައި ބޮޑެތި ބިރުވެރި ބޮމާއި މިސައިލުތައް އޮތީމައެވެ.