ރާއްޖެ-ތުރުކީ ގެ ގުޅުމުގެ އާ ބާބެއް ވަނީ ފެށިފައި: ރައީސް

Loading

Facebook
Twitter
WhatsApp

ތުރުކީއަށް ކުރެއްވި ދަތުރުފުޅާއެކު ރާއްޖެ-ތުރުކީ ގެ ގުޅުމުގެ އާ ބާބެއް ފެށިފައިވާ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މި މަހުގެ 26 ގައި ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ކޮޕް 28 ގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ފުރާވަޑައިގަންނަވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުުރުފުޅާ ގުޅިގެން އެކްސްގައި ރައީސް ވިދާޅުވީ މި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅާއެކު ދެ ގައުމުގެ ދެމެދު އޮތް ގުޅުމުގެ މުޅިން އާ ބާބެއް ފެށިފައިވާކަން ފާހަގަކުރައްވައި މިހާރަށްވުރެ މާ ފުޅާ ދާއިރާއެއްގައި ތުރުކީގެ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

ރައީސް ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީގެ ރައީސާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެވަޑައިގެންފައެވެ. މި މަޝްވަރާތަކަށްފަހު ”އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ“ ގައި ވެސް ވަނީ ސޮއިކުރައްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް